ދެމީހުންވެސް ލޯބިވާނަމަ...

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދެމީހުންވެސް ލޯބިވާނަމަ...

ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވާނަމަ ފުރަތަމަ ކަމަކަށް ބައިވެރިޔާ މިކަމަށް އެއްބަސްތޯ ނިކަން ސުވާލުކޮށްލަބަލާށެވެ! 

ުނިޔެއިން އެންމެ ކަމަކަށް އެދުމުގެ ފުރުޞަތު ލިބިއްޖެނަމަ އެދޭނީ މުޅި ޢުމުރު ތިބާއާއިއެކުގައި ވުމަށެވެ. އާޚިރަތްދުވަހު އެންމެ ކަމަކަށް އެދުމުގެ ފުރުޞަތު ލިބިއްޖެނަމަ އެދޭނީ ތިބާ އާއިއެކު ސުވަރުގޭގައިވުމަށެވެ." 

ބައިވެރިޔާ މިފަދައިން ވަޢުދުވާނެބާވައެވެ! 

ތިބާއަށް ހިތްދަތިކަމެއް ލިބިއްޖެނަމަ އެކުގައިވާނަމެވެ! ރޯތަން ފެނިއްޖެނަމަ ލޯބިން ބޮސްދޭނަމެވެ! ހިތްދަތިވެފައި ހުއްޓާ ފެނިއްޖެނަމަ އުފާވެރިކަން ހޯދައިދޭނަމެވެ! ދެރަވެފައި ހުއްޓާ ފެނިއްޖެނަމަ ހެއްވައިލާނަމެވެ! އަދި އަހަރެން މަރުވަންދެން ތިބާ ދެކެ ހަމަމިވަރަށް ލޯބިވާނަމެވެ.! 

ދެން އޮތީ އެންމެ މުހިންމު ކަންތަކެވެ! 

ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ޛިކުރް ނުކުރާނަމަ މަގުމަތީގައި އަތުގައި ހިފައިގެން ހިނގާ ހިނގުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! އަތުގައި ހިފައިގެން ބާރަށް ހިނގަންވީ އެކުގައި ސުވަރުގެ ވަނުމަށެވެ! 

އެހެނަސް މިއަދު ގިނައިން މިފެންނަނީ މަގުމަތީގައި ބައްދައި އޮޅުލަމުން ހިނގާފައި އައިސް ގެއަށްވަދެ ކޮންމެވެސް ކޫސަނި ކަމަކާއިހެދި ޒުވާބުކުރާތަނެވެ. އަދި ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ދުޢާކޮށް އެކުގައި ސުވަރުގެދާން މަސައްކަތްކުރެވެނީ ހާދަމަދު ދެމަފިރިއަކަށެވެ. 

މަގުމަތީގައި އަތުގައި ހިފައިގެން ދެމަފިރިން ހިނގުމަކީ ކުރަން ރަނގަޅު ކަމެކެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. މބުނާ ވާހަކައަކީ ދެމީހުން އެކުގައި ސުވަރުގެދާން މަސައްކަތްކުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ހަދައިގެން ނޫނީ މިދުނިޔޭގައިވެސް އަދި އެދުނިޔޭގައިވެސް ލިބޭނެ އުފާވެރިކަމެއް ނެތެވެ. 

- އަލަފް

 

މިއަދު އޮންލައިން