ވަޒީފާ ގެއްލުމުން ދިހަ އަހަރުވަންދެން ސަލާންޖަހަމުން ދަރަނިވެރިވަމުން ދަތިޙާލުގަ ކެތްތެރިވި މީހަކަށް 6 މަސްތެރޭ 6 މިލިއަން ޑޮލަރު ދެއްވެވި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ވަޒީފާ ގެއްލުމުން ދިހަ އަހަރުވަންދެން ސަލާންޖަހަމުން ދަރަނިވެރިވަމުން ދަތިޙާލުގަ ކެތްތެރިވި މީހަކަށް 6 މަސްތެރޭ 6 މިލިއަން ޑޮލަރު ދެއްވެވި!: މުފްތީ މެންކް

މިކިޔައިދެނީ މީހަކު ކިޔައިދިން ވާހަކައެއް ނޫނެވެ. އަހުރެންނަށް ޙަޤީޤަތް ރަނގަޅަށް އެނގޭ އަޚަކަށް ކަންކަން ދިމާވިގޮތުގެ ވާހަކައެވެ. 

ވަޒީފާއެއް ނެތި 10 އަހަރު ހުންނަން ޖެހުނެވެ. އެދުވަސްތަކުގައި އޭނާ ދިރިއުޅުނީ ވަރަށް ދަތިޙާލުގައެވެ. މީހުންނަށް ސަލާންޖަހައިގެންނާއި ދަރަނިވެރިވަމުންނެވެ. 

އެކަމަކު އޭނާ ކެތްތެރިވިއެވެ. އޭނާއަށް ކުރިމަތިކުރެއްވެވި ދަތިޙާލާއިމެދު އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ތަޤްވާވެރިކަމާއި ދުރަކަށް ނުދެއެވެ. 

ނަތީޖާ އެނގޭހެއްޔެވެ؟ އެގޮތުގައި ފާއިތުކުރަންޖެހުނު 10 އަހަރަށްފަހު މިހާރު އޭނާއަށް ﷲ ތަޢާލާ ވަނީ ބޮޑު ތަނަވަސްކަމެއް ދެއްވައިފައެވެ. ކުރި މުޢާމަލާތުތަކުން 6 މަސް ދުވަސްތެރޭގައިވަނީ 6 މިލިއަން ޑޮލަރު ދެއްވަވައިފައެވެ. 

ކޮންމެ މީހަކަށް މިހައި ބޮޑު ތަނަވަސްކަމެއް ކުއްލިއަކަށް ނުދެއްވަވައިފާނެއެވެ. ނަމަވެސް ދަތިޙާލަތެއް ކުރިމަތިވުމުން ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެއްޖެ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ތަނަވަސްކަންވެސް ދެއްވަވާނެތެވެ. ދެއްވަވާ ތަނަވަސްކަމުގައި ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން