ނަރަކައިން މިންޖުކުރައްވަވާނެކަމުގެ ޔަޤީންކަން ލިބޭ، އެންމެ ފަސޭހައިން ކުރެވެން އޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ނަރަކައިން މިންޖުކުރައްވަވާނެކަމުގެ ޔަޤީންކަން ލިބޭ، އެންމެ ފަސޭހައިން ކުރެވެން އޮތް ޢަމަލު-

ސުވަރުގެ ޔަޤީންކުރެވޭތޯ ކުރަމުންދާ މަސައްކަތުގައި އެންމެ ފަސޭހައިން އެކަން ކުރަން ކުރެވެންހުރި ޢަމަލުތައް ހޯދަން ގިނަ ބައަކު މަސައްކަތްކުރެއެވެ. ސުވާލުތައް ކުރެއެވެ. އެެހންވެ އަހުރެން މިއަދުވެސް މިބުނަނީއެވެ. 

މެންދުރުނަމާދުގެ ކުރިންނާއި ފަހުން 4 ރަކްޢަތްކުރާމީހާ ނަރައިން މިންޖުކުރައްވަވާނެކަން ހަދީޘްފުޅުން އެނގެން އެބައޮތެވެ. 

it is mustahabb to pray four rak’ahs before Zuhr prayer and four after it. Al-Nasaa’i (1817) and al-Tirmidhi (428) narrated from Umm Habeebah (may Allah be pleased with her) that the Prophet (peace and blessings of Allah be upon him) said: “Whoever prays four (rak’ahs) before Zuhr and four after it, the Fire will not touch him.”  

މިޙަދީޘްފުޅުގައި އެއޮތީ މެންދުރުނަމާދުގެ ކުރިންނާއި ފަހުން 4 ރަކްޢަތްކުރާ މީހާގެ ގައިގައި ނަރަކައިގެ އަލިފާން ނުބީހޭނެ ކަމަށެވެ. 

The version narrated by al-Tirmidhi says: “Whoever regularly performs four rak’ahs before Zuhr and four after it, Allah will forbid him to the Fire.”  

The hadeeth was classed as saheeh by al-Albaani in Saheeh al-Nasaa’i.  

މިރިވާޔަތެއްގައި އެއޮތީ މެންދުރު ނަމާދުގެ ކުރިންނާއި ފަހުން ޢާންމުކޮށް 4 ރަކްއަތް ކުރާނަމަ އެމީހަކަށް ނަރަކައިގެ އަލިފާން މަނާކުރައްވަވާނެ ކަމަށެވެ. މާނައަކީ އެމީހެއްގެ ގައިގައި ބީހުމުގެ ހުއްދަ ނަރަކައިގެ އަލިފާނަށް ނުދެއްވެވުމެވެ. ﷲ ތަޢާލާގެ އިޛްނަފުޅާ ލައިގެން މެނުވީ އެއްވެސް މީހެއްގެ ގައިގައި ނަރަކައިގެ އަލިފާނަކަށް ނުބީހެވޭނެއެވެ. 

ނަރަކައަށް މީހުން އެއްލައިލެވޭނީވެސް ނުވަތަ އެއްވެސް މީހަކު ނަރަކައަށް ވައްދަވާނީވެސް އަދި ސުވަރުގެ ވައްދަވާނީވެސް ﷲ ތަޢާލާގެ އިޛްނަފުޅާއިއެކުގައެވެ. ﷲ ތަޢާލާ އެކަމެއް މިންވަރުކުރެއްވެވުމުންނެވެ. ﷲ ތަޢާލާއީ އެކަމުގައި އިންޞާފުވެވޮޑިގަންނަވާނެ ރަސްކަލާނގެއެވެ. 

މެންދުރު ނަމާދަށްފަހު ރަވާތިބް ސުންނަތުގެ 2 ރަކްޢަތް ކުރިނަމަވެސް ރަވާތިބް ސުންނަތް ކުރިކަމަށްވާނެއެވެ. ނަމަވެސް މި ޙަދީޘްފުޅުގައިވާ ދަރުމަ ދެއްވަވާނީ 4 ރަކްޢަތް ކުރުމުންނެވެ. 

މިއީ މިހާރު ވަރަށް ބޮޑަސް އިހްމާލުވެވިފައިވާ ކަމެކެވެ. އެހެނަސް ދިރުވަން ޖެހިފައިވާ ވަރަށް މަތިވެރި ސުންނަތެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/91290/virtue-of-praying-four-rakahs-before-and-after-zuhr

 

މިއަދު އޮންލައިން