މިއަހަރުގެ މުޙައްރަމް މަސް މިވަނީ އަހުރެމެންނާއި ބައްދަލުކޮށްފައެވެ. ދުވަސްތައް ފާއިތުވެގެންދަނީ އެވެ. އެންމެ ރޯދައެއްވެސް ހިފިއްޖެހެއްޔެވެ؟ ނުހިފިގެން ތިއައުޅޭ ސަބަބަކީ ރަމަޟާން މަސް ފަދައިން މަސައްކަތުގެ ވަޤުތު މަދުނުވާތީހެއްޔެވެ؟ ރޯދަހިފައިގެންހުރެ ނިދަން ވަޤުތު ނުލިބިދާނެތީހެއްޔެވެ؟
Abu Hurayrah (may Allah be pleased with him) said: The Messenger of Allah (blessings and peace of Allah be upon him) said:
“The best fast after Ramadan is in the month of Allah al-Muharram .”
(Narrated by Muslim, 1982)
މިޙަދީޘްފުޅު މިގޮތަށް އެނގޭ މީހަކު ނަމަ ކިތަންމެ ބުރަކޮށް މަސައްކަތްކުރަމުންވެސް ރޯދަހިފާނެއެވެ. އަދި ކީއްހެއްޔެވެ؟ މުޙައްރަމް މަހު ސުންނަތް ރޯދަ ހިފަން މަސައްކަތްކުރަންވީ މުޅި މަހުގައެވެ. މާނައަކީ މަހުގެ ކުރީކޮޅުގައާއި މެދުތެރޭގައާއި އަދި ފަހުކޮޅުގައިވެސް މަސައްކަތްކުރާށެވެ. އެއީ މުޅި މަހަށް ހުޅުވާލަ ދެއްވަވާފައިވާ ފުރުޞަތެކެވެ.
މިއީ މަހުގެ ހުރިހާ ދުވަހަކު ރޯދަހިފަން ބުނުމެއް ނޫނެވެ. ރަމަޟާން މަސް ފިޔަވައި އެހެން އެއްވެސް މަހެއްގައި މުޅި މަހު އެކުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަހިއްޕަވާފައެއް ނުވެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން