ތަހައްޖުދު ނަމާދުކުރަން ﷲ ތަޢާލާ ތިބާއަށް ދަޢުވަތު ދެއްވަވާފައިވާކަން ނޭނގޭ މީހުންނަށް މިބުނެދެނީއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތަހައްޖުދު ނަމާދުކުރަން ﷲ ތަޢާލާ ތިބާއަށް ދަޢުވަތު ދެއްވަވާފައިވާކަން ނޭނގޭ މީހުންނަށް މިބުނެދެނީއެވެ!: މުފްތީ މެންކް

ތަހައްޖުދު ނަމާދު ކުރަން ނުފަށައި ތިއަ ހުންނަނީ ތިބާއަށް އެކަންކުރަން ﷲ ތަޢާލާ ޚާއްޞަ ދަޢުވަތެއް ނުދެއްވަވާތީހެއްޔެވެ؟ އެ ދަޢުވަތު ވަނީ ތިބާއަށް ދެއްވަވައިފައެވެ. ނަމަވެސް ނުވިސްނާތީ ތިބާއަށް ނުވިސްނެނީއެވެ. 

ކިތަންމެ ތަނަވަސް މީހަކަސް އަދި ފަޤީރަކަސް ކޮންމެވެސް ކަންތައްތަކަކަސް ބޭނުންވެގެން ނުވާ ހަމައެކަކުވެސް ނުހުންނާނެއެވެ. މިހެން ބުނީމާ ދުނިޔެއިން ތިމާ އެދޭ އެއްވެސް ކަމެއް ނެތްކަމަސް ބުނެފާނެ ބައަކުވެސް ތިބެދާނެއެވެ. 

އެމީހުންނަށް ބުނެލަން އޮތީ ތިބާ ތިއަހުރީ ފާފަތައް ފުއްސަވައި ދެއްވަވާފައިވާކަމާއި ސުވަރުގެ ދެއްވަވާނެކަން ޔަޤީންކުރެވިގެން ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެ ޔަޤީންކަން ދިނީ ކާކުހެއްޔެވެ؟ ނުވަތަ އެޔަޤީންކަން ލިބުނީ ކޮން ގޮތަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދުނިޔަވީ ބޭނުންތައް ފުދިގެން ހުރިނަމަވެސް އެންމެ ބޮޑު ބޭނުން އޮތީއެވެ. އެއީ ސުވަރުގެ ދެއްވަވާ އަޅުންގެ ތެރޭގައި ހިމެނުމެވެ. އެކަން ޙާޞިލުކުރެވޭނީ އެމީހަކީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައިފައިވާ އަޅަކަށް ވެވިގެންނެވެ. 

އެހެންވެ އެއްވެސް މީހަކަށް ތިމާއަށް މިހުރެވެނީ ހުރިހާ ކަމެއް ފުދިގެން ކަމަށް ޤަބޫލުކުރެވޭނަމަ އެއިގެ މާނައަކީ އެމީހަކު ﷲ ތަޢަލާގެ ޙަޟްރަތުން އިތުރަށް އެދޭނެ އެއްވެސް ކަމެއް ނެތުމެވެ. އެއީ ކިހިނަކުންވާނެ ކަމެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! އަބަދުވެސް އަހުރެމެންނަށް ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަމަކީ ރޭއަޅުކަންކުރަން އަހުރެމެންނަށް ދެއްވަވާ ދަޢުވަތެވެ. އޮތީ ދަޢުވަތު ބަލައިގަނެ ރޭއަޅުކަންކުރުމެވެ. ރޭއަޅުކަންކޮށް ދުޢާކުރުމެވެ. އެއިރުން އެމީހަކާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާނެކަން ޤުރްއާނާއި ޙަދީޘުން އެނގެން އެބަ އޮތެވެ. 

ވީމާ ދުނިޔެއާއި ޢާޚިރަތް އެދޭމީހާ އެމީހަކަށް ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން ރޭއަޅުކަންކުރާށެވެ! ދުނިޔޭގައި ހުރިއިރު ތިބާއާއިމެދު ﷲ ތަޢާލާ ފަކުރުވެރިވެވޮޑިގެންނެވި އަޅެއްގެ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށްދާން ގަދައަޅައި މަސައްކަތްކުރާށެވެ! އެންމެ ކާމިޔާބު މަސައްކަތަކީ ހަމައެއީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން