އެންމެން ކަންބޮޑުވާ މާޔޫސްބައްޔަށް އެންމެ ކާމިޔާބު ފަރުވާ އަވަހަށް ތަޖުރިބާކޮށްލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެންމެން ކަންބޮޑުވާ މާޔޫސްބައްޔަށް އެންމެ ކާމިޔާބު ފަރުވާ އަވަހަށް ތަޖުރިބާކޮށްލައްވާ!

ކުޑައިރުންސުރެ ދިރިއުލެން ޖެހިފައިވާ ގޮތުން ވަރަށް ފަސޭހައިން މާޔޫސްވެއެވެ. މިކަމަށް ފަރުވާއެއް އޮތްނަމަ ބުނެދެއްވަފާނަންތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

"މާޔޫސްބަލީގެ ޝިކާރައަކަށްވަމުންދާ މީހުންނަށް އެންމެ ރަނގަޅު ފަރުވާއެއް ލިބެނީ ހަމައެހާލުގައި ނުވަތަ ނިކަމެތި ޙާލުގައި ހުރި އެހެން މީހަކަށް އެހީތެރިވެދިނުމުންކަންމިއަދު މިވަނީ ހާމަވެފައެވެ. މިއީ ޑޮކްޓަރުންނާއި ސައިންސްވެރިންވެސް ޤަބޫލުކުރާ އަދި ހިތްވަރުދޭ ކަމަކަށް މިއަދު މިވަނީ ވެފައެވެ.

މިކަމުންވެސް އަންގައިދެނީ އެކަކު އަނެކަކަށް އެހީތެރިވުމުގައި ހުރި ފައިދާއެވެ. އެކަކު އަނެކަކަށް އެހީތެރިވުމުން ﷲ ތައާލާ ލައްވަވާ ރަޙްމަތާއި މިންވަރުކުރައްވަވާ ބަރަކާތެވެ." --އުސްތާޛާ ޔާސްމީން މޮގަހިދް

ކަން އޮތީ މިފަދައިން ނަމަވެސް އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ވާހަކަތައް ހުންނަގޮތުން މާޔޫސްބަލިޖެހިއްޖެނަމަ އެމީހަކަށް އޮތީ ދުނިޔޭގެ އުފާތައް ހޯދައި ނާޗަރަންގީތައް ކުޅުމެވެ. ގެންގުޅެން ޖެހޭނީ ތުނބާއި ބުއްފުޅި ޖައްސައިގެންނެވެ. އޭނާ ބޭނުންވާހައިކަމެއް (ފާހިޝް އަމަލުކުރުން ނަމަވެސް، ޑްރަގް ބޭނުންކުރުން ނަމަވެސް) ކޮށްދޭންޖެހޭނެއެވެ. އެފަދަ ކަމަކަށް ހުރަސްއަޅައިފިނަމަ ނަފްސާނީ ބަލިމީހަކަށް ޣޯނާކުރިކަމުގެ ދައުވާވެސް އުފުލެންވާނެއެވެ.

ރާއްޖޭގައި ކަންކަން ހުރީ މިފަދައިން ނަމަވެސް މުޅި ދުނިޔެއަށް މަޝްހޫރު އުސްތާޛުން އެދައްކަވަނީ މުޅިންތަފާތު ވާހަކަފުޅެކެވެ. އެވިދާޅުވަނީ ތިމާއަށް ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ އެމީހަކަށް ވެވެން އޮތް މިންވަރަކުން، ފޯރުކޮށްދެވެން އޮތް ގޮތަކުން އެފަދަ ޙާލުގައި ހުރި އެހެން މީހަކަށް އެހީތެރިވެދިނުމަށެވެ. އަދި އެކަމަކީ ތިމާގެ ކަންބޮޑުވުން ފިލައިގެންދާނެ ކަމެއް ކަމަށެވެ!

އެކަމަށް ޝައްކުކުރާކަށްވެސް ނުޖެހެއެވެ. އޮތީ ޔަޤީން ކުރުމެވެ. އެހެނީ މީސްތަކުންނަށް އެހީތެރިވެދިނުމުގައި މީހަކު ދެމިހުންނަހައި ވަގުތަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންވާކަން އެއީ ކީރިތި ޤުރްއާނުން ވަރަށް ފަސޭހަކަމާއިއެކު އެގެން އޮތް ކަމެކެވެ.

 

މިއަދު އޮންލައިން