ޤުރްއާނަށް އިހާނެތިކޮށް ހިތަން ފުރުޞަތުދިނުމަކީ މުސްލިމުން ރުޅިގަދަވެ، ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިކުރުވާކަމެއް!: ޤާސިމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޤުރްއާނަށް އިހާނެތިކޮށް ހިތަން ފުރުޞަތުދިނުމަކީ މުސްލިމުން ރުޅިގަދަވެ، ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިކުރުވާކަމެއް!: ޤާސިމް

ޤުރްއާނަށް އިހާނެތިކޮށް ހިތަން ފުރުޞަތުދިނުމަކީ މުސްލިމުން ރުޅިގަދަވެ، ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިކުރުވާކަމެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިނލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސްވިޑަންގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށްހިތުން ތަކުރާރުވާތީ އިރާގުގެ އެތައް ސަތޭކަ ބަޔަކު ނުކުމެ އިރާގުގައި ހުންނަ ސްވިޑަންގެ އެމްބަސީގެ މައި ގޭޓުގައި ވަނީ ހުޅުޖަހައިފައެވެ. މިކަމާގުޅިގެން ޤާސިމް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަން ހިނގައި ދިޔައީ ގަސްތުގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ދިނުމުން މުސްލިމުން ރުޅި ކޮންޓްރޯލް ނުވެގެން ކަމަށެވެ. އަދި ހައްދުފަހަނައަޅާފައިވާ މީހުންނަށް ޤުރުއާން އަންދަން ހުއްދަ ދޭތީ އެކަން ޤާސިމް ކުށްވެރި ކުރެއްވިއެވެ.

ޤާސިމްވަނީ ހަރުކަށިފިކުރުގެ މީހުންނަށް ތަކުރާރުކޮށް އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި ރަސްމީ ހުއްދަދީ، ކީރިތި ޤުރުއާނުގެ ކޮޕީތައް އަންދާލައި، ހަލާކުކޮށްލުމުގެ ފުރުޞަތު ދިނުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ އެތައް މިލިއަން މުސްލިމުންނަށް ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިކުރުވާކަން ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން