މިއޮތީ ނުކުރެވޭ ހެޔޮ ޢަމަލަށްވެސް ޘަވާބު ލިބޭނެ މަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މިއޮތީ ނުކުރެވޭ ހެޔޮ ޢަމަލަށްވެސް ޘަވާބު ލިބޭނެ މަގު!: މުފްތީ މެންކް

ފުރަތަމަވެސް ބުނެލާނަމެވެ. ޘަވާބު ހޯދަން ހަމައެކަނި ތާވަލެއް އެކުލަވައިލުމަކުން ނުފުދޭނެއެވެ. އިޚްލާޞްތެރިކަން ބޭނުންވާނެއެވެ. އިޚްލާޞްތެރިކަމާއިއެކު ކޮންމެ ދުވަހަކުވެސް އެދުވަހު ކުރާނެ ހެޔޮ ޢަމަލުތަކުގެ ތާވަލެއް އެކުލަވައިލާށެވެ! އަދި އެތާވަލާއި އެއްގޮތަށް ކަންކަން ކުރަން އެމީހަކަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާށެވެ!

އަހަރެމެން ތާވަލު ރޭވިނަމަވެސް އަދި ޢަމަލުކުރަން މަސައްކަތްކުރިނަމަވެސް ތަންފީޒުކުރެވޭނީ ﷲ ތައާލާ މިންވަރުކުރެއްވެވި ވަރަކަށެވެ. ވީމާ ބައެއް ތަންފީޒު ނުކުރެވި އޮތް ނަމަވެސް ކަންބޮޑުނުވާށެވެ!

ނިޔަތްގަނެ ޢަމަލުކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމުން ދެން ނުކުރެވި އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! ތިބާގެ ނިޔަތާއި ތަންފީޒުކުރަން ކުރި މަސައްކަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތަންފީޒު ނުކުރެވި އޮތްބައަށް ﷲ ތަޢާލާ ހެޔޮ ޖަޒާ ދެއްވެވުމަށް އުންމީދުކުރާށެވެ!

ނިޔަތްގަނެ ތަންފީޒުކުރަން މަސައްކަތްކުރުމަކީވެސް ޘަވާބު ދެއްވަވާ ޢަމަލެކެވެ. ވީމާ ނުކުރެވި ދިއަ ކަންކަމަށް މާޔޫސް ނުވެ އަނެއް ދުވަހުވެސް ތާވަލެއް އެކުލަވާލައި ތަންފީޒުކުރަން މަސައްކަތްކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން