ހަލާލް ނޫން ގޮތަކުން ތަކެތި ހޯދުމުން ޤިޔާމަތް ދުވަހު ޢަޛާބު ދެއްވެވުމުގެ އިތުރުން މިދުނިޔޭގައިވެސް އެކަމުން ފައިދާނުކޮށް ހިނގައިދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހަލާލް ނޫން ގޮތަކުން ތަކެތި ހޯދުމުން ޤިޔާމަތް ދުވަހު ޢަޛާބު ދެއްވެވުމުގެ އިތުރުން މިދުނިޔޭގައިވެސް އެކަމުން ފައިދާނުކޮށް ހިނގައިދާނެ!: މުފްތީ މެންކް

ކޮންމެ މީހަކުވެސް ފައިސާ ކަރަދުކޮށްފައި ތަކެތި ގަންނާނީ ވީހައި ގިނަ ދުވަހު އެއިގެ ބޭނުން ހިފުމަށެވެ. މަޝްހޫރު މަރުކާތަކުގެ ތަކެތި ބޮޑު އަގު ދީފައި ގަންނަނީ ގިނަ ދުވަހު ގެންގުޅެވޭނެ ކަމަށެވެ. 

ނަމަވެސް އެކަން އެގޮތަށް މެދުވެރިނުވެވެސް އެބަދެއެވެ. ވީމާ އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ފުރަތަމަ ކަމަކަށްވެސް އެއެއްޗެއް ހޯދުނުގޮތާއިމެދު ވިސްނާލަންވާނެއެވެ! ގަންނަން ޚަރަދުކުރި ފައިސާ ހޯދިގޮތާއިމެދުގައިވެސް ވިސްނައިލަންވާނެއެވެ. 

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ބޮޑުއަގުދީފައި ގަންނަ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ އެއްޗެއް ވަރަށް އަވަހަށް ވެސް އެބަ ހަލާކުވެއެވެ. އަދި މާއަގުހެޔޮކޮށް ގަންނަ މަޝްހޫރު ބްރޭންޑެއްގެ ނޫން އެއްޗެއް މާގިނަ ދުވަހު އެބަ ގެންގުޅެވެއެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟ 

އެފެންނަނީ މިބުނި ކަންތަކެވެ. އެއްޗެއްގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ ހީވެސް ނުކުރެވޭހައި ގިނަ ދުވަހު ކިތަންމެ ދެރަ އެއްޗެއް ވެސް ބޭނުންކުރެވިދާނެއެވެ. ވީމާ އެމީހާގެ ކިބައިގައި ފުދުންތެރިކަން ނެތްނަމަ ޙަލާލް ނޫން ގޮތްގޮތުން ފައިށާ ހޯދައިގެން އަގުބޮޑު ތަކެތި ހޯދިނަމަވެސް އެކަމުގެ ފައިދާ ނުފެނިދާނެއެވެ. 

ހަލާލް ނޫން ގޮތަކުން ތަކެތި ހޯދުމުން ޤިޔާމަތް ދުވަހު ޢަޛާބު ދެއްވެވުމުގެ އިތުރުން މިދުނިޔޭގައިވެސް އެކަމުން ފައިދާނުކޮށްހިނގައިދާނެއެވެ. ޙަލާލްކުރަންވީ ހަމައެކަނި ކާބޯތަކެއްޗެއް ނޫނެވެ! ބޭނުންކުރާ ހުރިހާ އެއްޗެކެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން