ފްލެޓާ ގޯތިގެދޮރާ ތަނަވަސްކަން ނުލިބިގެން އުޅޭމީހުން ކުރަން އޮތް ދުޢާ- ޙަދީޘުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފްލެޓާ ގޯތިގެދޮރާ ތަނަވަސްކަން ނުލިބިގެން އުޅޭމީހުން ކުރަން އޮތް ދުޢާ- ޙަދީޘުން!: މުފްތީ މެންކް

"އަޅުގަނޑަކީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ހުޅުވައިލާ ކޮންމެ ފުރުޞަތެއްގައިވެސް ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅަމުން އަންނަ މީހަކީމެވެ. މިފަހަރު ގޯއްޗަށް އެދި ފޯމްހުށަހަޅަން ބުނީމާވެސް ހުށަހެޅީމެވެ. އަޅުގަނޑަށް ވިސްނޭ އަދި ޙާލުހުރި ގޮތުން ޝަރުޠު ހަމަވެއެވެ. އެކަމަކުވެސް އެކަމަކު މާކްސްދޭން ތިބޭ މީހުން ދޭ މާކްސްއަކުން ލިބޭނެ ގޮތެއް ނުވެއެވެ.  

މިކަމަށް ކުރާނެ ދުޢާއެއް އޮވޭތޯ؟"  

ކިޔުންތެރިޔާގެ މައްސަލައަށް ތިރީގައިވާ ލިޔުމުން ޙައްލެއް ފެނިލއްވާނެ ކަމަށް އުންމީދުކުރަމެވެ.

އަހަރެމެންގެތެރެއިން ގިނަ މީހުންގެ އެންމެބޮޑު އެއްކަންބޮޑުވުމަކީ ދިރިއުޅެންޖެހިފައިވާ ދަތިޙާލެވެ! ފައިސާގެ ދަތިކަމާއި ދިރިއުޅުމަށް އެކަށީގެންވާ ގެއެއް ނުލިބުމުގެ ދަތިކަމެވެ. ގޭގައި އެކަށީގެންވާ ޖާގަ ނެތުމުގެ މައްސަލައެވެ.  

މިފަދަ ހުރިހާކަމެއް ޙައްލުކޮށްދެއްވެވުން އެދި ކުރަންވީ ދުއާ ރަސޫލް ވަނީ ޙަދިޘްފުޅުކުރައްވަވައިފައެވެ.  

اللّهُمَّ اغْفِرْ لِي ذَنْبِي

وَوَسِّعْ لِي فِي دَارِي

وَبَارِكْ لِي فِي رِزْقِي

މިދުޢާގައި އެކުލެވިގެންވާ މާނައީ މިއަޅާގެ ކުށްފާފަ މިއަޅާއަށް ފުއްސަވައި ދެއްވަވާނދޭވެ! މިއަޅާގެ ގޯތި މިއަޅާއަށްޓަކައި ތަނަވަސްކުރައްވަވައިފާނދޭވެ! އަދި މިއަޅާގެ ރިޒްޤްގައި ބަރަކާތް ލައްވަވައިފާނދޭވެ!  

"މިއަޅާގެ ގޯތި މިއަޅާއަށްޓަކައި ތަނަވަސްކުރައްވަވައިފާނދޭވެ!" މިބަސްފުޅުގެ މާނައަކީ ތަނަވަސްކަމާއިއެކު ދިރިއުޅެވޭނެ ގެއަކާއި އެގޭގައި ޢާއިލާއަކު އުފާވެރިކަމާއިއެކު ދިރިއުޅެވޭނެ އެހެނިހެން ވެސް ތަނަވަސްކަން ދެއްވެވުމެވެ. ވީމާ މިދުޢާއަކީ ކޮންމެ މީހަކުވެސް ގިނަގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ.  

ރިޒުޤަށްވެސް އެދެންވީ ދުޢާގައި ޙަދީޘްފުޅުކުރައްވަވާފަދައިންނެވެ. " މިއަޅާގެ ރިޒްޤްގައި ބަރަކާތް ލައްވަވައިފާނދޭވެ!" މިފަދައިންނެވެ. މުހިންމީ ގިނައިން ނުވަތަ ގިނަ ރިޒްޤް ލިބުމެއް ނޫނެވެ. ދެއްވަވާ ރިޒްޤްގައި ބަރަކާތް ލެއްވެވުމެވެ. އެއިރުން ލިބޭ ކިތަންމެ މަދު ރިޒުޤުންވެސް ފުދި އިތުރުވާނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން