ޛިކުރުކުރުމާ އިސްތިޣްފާރުކުރުމުގެ ތެރެއިން މުހިންމުކަންބޮޑުވެގެންވަނީ ކޮންކަމެއް؟: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޛިކުރުކުރުމާ އިސްތިޣްފާރުކުރުމުގެ ތެރެއިން މުހިންމުކަންބޮޑުވެގެންވަނީ ކޮންކަމެއް؟: ޢުމަރު ސުލައިމާން

އިސްލާމް ދީނުގެ ވަރަށް ކުރީކޮޅު އަލް-ފުދައިދް ބިން ޢައްޔާދް ރަޙިމަޙުﷲ އާއި ސުވާލެއް ކުރެވުނެވެ. "އިސްތިޣްފާރުކުރުމާއި ޛިކުރުކުރުމާއި ކުރެން މަތިވެރިކަން ބޮޑުވެގެންވަނީ ކޮންކަމެއްތޯއެވެ؟"  

އެކަލޭގެފާނު ވިދާޅުވިއެވެ. "ދެކަމަކީވެސް މުހިންމު ދެކަމެވެ. ނަމަވެސް ވިސްނާށެވެ. ތިބާގެ ފޭރާމުގައި ނަޖިހެއް ނުވަތަ އެނޫންވެސް އެއްޗެއް ޖެހިގެން ހަޑިވެއްޖެނަމަ ފުރަތަމަ ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ފޭރާން ޕޮލިސްކުރަނީހެއްޔެވެ؟ ނޫނީ ޖެހުނު ލައްގަނޑު ފިލުވައިލަނީ ހެއްޔެވެ؟  

ކޮންމެ މީހަކުވެސް އަވަސްވެގަންނާނީ ޖެހުނު ލައްދަނޑު ފިލުވައިލުމަށެވެ. ވީމާ އިސްތިޣްފާރު ކުރުމަކީ ފާފަތަކުން މީހާ ސަލާމަތްވެ ހިތް ޠޯހިރުކުރަން ކުރާ ކަމެކެވެ. ޛިކުރުކުރުމަކީ މީހާގެ ޢަމަލުތައް ޕޮލިސްކުރަން ކުރާކަމެކެވެ. އެހެންކަމުން ފުރަތަމަކަމަކަށް އިސްތިޣްފާރުކުރާށެވެ. ދެން ޛިކުރުކުރާށެވެ."  

މިބަސްފުޅުގެ މާނައަކީ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުރެވުނު ފާފަތަކުން ތައުބާވުމެވެ. ޛިކުރުކުރަން އޮތީ ތައުބާވެގެން ހުރެއެވެ. ދަރަޖަ ކުރުމެއް ނެތެވެ. ދެކަންތަކަކީވެސް މުސްލިމުންނަށް މުހިންމު ދެކަންތަކެވެ. އޮތީ ތަރުތީބުކުރުމެވެ.  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން