ހިތަށް ޤުރްއާން ވެއްދޭނީ ހިތް ޠޯހިރުކުރިވަރަކުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހިތަށް ޤުރްއާން ވެއްދޭނީ ހިތް ޠޯހިރުކުރިވަރަކުން-

ބައެއް މީހުން ދެކޭގޮތުގައި ޠޯހިރުކުރަން ސަމާލުކަން ދިނުމަކީ ޤުރްއާން ހިތުދަސް ޙާފިޡުންނަށް ކުރަން އޮތް ކަމެކެވެ. ނަމަވެސް އެއީ ވަރަށް ކުށް ވިސްނުމެކެވެ. އަހުރެމެން ކޮންމެ މުސްލިމެއްގެ ހިތުގައިވެސް ޤުރްއާނުން މިންވަރެއްވެއެވެ. އަދި މަސައްކަތްކުރާނީ ހިތަށް ވީހައި ގިނައިން ވެއްދުމަށެވެ. މާނައަކީ ޤުރްއާނުގެ ވީހައި ގިނަ ބައެއް ހިތުދަސްކުރުމަށެވެ. 

ވިސްނާށެވެ! ހިތުގައި ޤުރްއާނުގެ އެންމެ އާޔަތެއް ހިތުގައި އޮތްނަމަވެސް އެހިތްވާނީ އެހިތުގައި ޤުރްއާންވާ ހިތަކަށެވެ. ވީމާ އޮތީ ހިތް ޠޯހިރުކަންމަތީގައި ބާއްވަން މަސައްކަތްކުރުމެވެ. އެންމެ ބޮޑަށް އެކަމަށް ސަމާލުކަންދޭންޖެހޭނެ ސަބަބަކީ ހިތް ނަޖިސްކޮށްފިނަމަ އެހިތަކަށް ޤުރްޢާން ވައްދުވަން އުނދަގޫވާނެތީއެވެ. 

އެކަން އެނގިގެންދާ ވަރަށް މަޝްހޫރު ޙާދިސާއެއް ވެއެވެ. ޢިލްމު އުނގެނެން އުނދަގޫވާނަމަ ފާފަކުރުމުން ދުރުހެލިވެ ހުންނަން ދީނުގެ އެންމެ ބޮޑު ޢިލްމުވެރިއަކު ހަމައެފަދަ ބޭކަލަކަށް ވިދާޅުވި ހާދިސާއެވެ. 

ފާފަތައް ކުރެވެނީ ހިތުގެ ޠޯހިރުކަން ކުޑަވުމުންނެވެ. ސާފުޠޯހިރު ހިތެއް ލިބިގެންވާ މީހަކުނަމަ ފާފަކުރަން ބިރުވެތިވާނެއެވެ. އަދި އޮޅުމެއްގެ ތެރެއިން ކިތަންމެ ކުޑަކުޑަ ފާފައެއް ކުރެވުނު ނަމަވެސް އެއީ ބޮޑު ބިޔަ ފަރުބަދައެއް ފަދަ އެއްޗެއް އޭނާގެ ބޮލަށް ވެއްޓުން ފަދަ ކަމެއްގެ ގޮތުގައި ޤަބޫލުކުރެވި ހިތާމަކުރާނެއެވެ. 

ވީމާ މުޅި ޤުރްއާން އެކުގައި ތިމާގެ ހިތުގައި ނެތުމަކީ ހިތުގެ ޠޯހިރުކަމަށް ފަރުވާކުޑަކުރަން އޮތް ސަބަބެއް ނޫނެވެ. ދެދުނިޔޭގެ ކާމިޔާބީ ގުޅިފައިވަނީ ހިތުގެ ޠޯހިރުކަމާއި ކަމަށްވާތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން