ހެޔޮލަފާ ބައިވެރިއަކަށް އެދިގެންނާ ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުން ލިބުން އެދިގެން ކުރަން އެންމެ ޔަޤީން ދުޢާ-!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހެޔޮލަފާ ބައިވެރިއަކަށް އެދިގެންނާ ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުން ލިބުން އެދިގެން ކުރަން އެންމެ ޔަޤީން ދުޢާ-!: ޝައިޚް ޢަލީ ހައްމުދާ

ހެޔޮލަފާ ބައިވެރިއަކަށް އެދިގެން ކުރާނެ ރަނގަޅު ދުޢާއަކަށް ގިނަ ބައަކު އެދެއެވެ. އަހުރެންގެ ވިސްނުމުން ފެނުނު އެންމެ ރަނގަޅު ދުޢާއަކީ އަލް ފުރްޤާން ސޫރަތުގެ 74 ވަނަ އާޔަތުގައިވާ ދުޢާއެވެ. 

ހެޔޮލަފާ އަންތބަކަށް އެދިގެންވެސް އަދި ފިއަކަށް އެދިގެންވެސް މިދުޢާކުރާށެވެ. އަދި ކައިވެނިކޮށްގެންހުރެ މިދުޢާކުރާނަމަ ބައިވެރިޔާގެ ކިބައިން ލިބޭ ހިތްހަމަޖެހުން ބޮޑުވެ އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ

އަހުރެން ބުނާނީ އިޚްލާޞްތެރިކަމާއި ކެތްތެރިކަމާއިއެކު މިދުޢާ ކުރާނަމަ އެމީހަކަށް ހިންމަވައިދެއްވަވާނެކަން ޔަޤީން ކަމަށެވެ. އިން ޝާ ﷲ  

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ! 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން