އެކިދުވަސްތައް އައުމުން ކުރިއާލައި ދައުވަތު ކާޑު ފޮނުވަމުއެވެ. ދުވަސް ކައިރިވުމުން ގުޅައި، މެސެޖްކޮށް ހަނދާންކޮށްދީގެން ވީހާ ގިނަ އެކުވެރިން އެކަމުގައި ބައިވެރިކުރުވަން ގަދައަޅައި މަސައްކަތްކުރަމުއެވެ.
އެއީ އިޖުތިމާޢީ ކަމެކެވެ. ގުޅުން ބަދަހިކުރަން ކުރާ ކަމެކެވެ. އެފަދަ ޙަފްލާއެއްގައި ދީނާއި ޚިލާފް ކަމެއް ނުކުރާނަމަ އެއޮތީ ރަނގަޅަށް ކަމަށްބުނެވިދާނެއެވެ.
ކަންދިމާވިގޮތުން މިއަހަރުގެ އާޝޫރާ ދުވަސް މިދިމާވީ އަންނަ ހުކުރު ދުވަހާއިއެވެ. އެއީ ހްފަތާ ބަންދު ދުވަހެކެވެ. ޖެހިގެން ކުރިއަށް ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ރޯދަހިފާލުމުން މިއަހަރުގެ އާޝޫރާ ދުވަހުގެ ރޯދަ ސުންނަތުގައިވާމަގުން ހިފުނީއެވެ.
އޮފީސްއެކުވެރިންނާއި އެެހން އެކުވެރިންނަށްވެސް ދަޢުވަތުދެއްވާށެވެ. ޢާއިލާގެ އެންމެންނަށްވެސް ދަޢުވަތުދެއްވާށެވެ! އެއީ އެމީހުން ރޯދަ ނުހިފާނެތިއެއް ނޫނެވެ. ހަނދާންކޮށްލައިދިނުމަށެވެ. ކޮންމެ ހެޔޮކަމަކަށްވެސް ހަނދާންކޮށްލައި ދިނުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެކެވެ. އެއިރުން ތިމާ ހިފާ ރޯދައިގެ އިތުރުންވެސް އެމީހަކަސް ޘަވާބު ދެއްވަވާނެތެވެ.
ވީމާ ކިޔުން ތެރިން މިލިޔުން ނުވަތަ މިއަށްވުރެ ފުރިހަމައަށް ލިޔުއްވައި ސޯޝަލް މީޑިއާގައި ޙިއްޞާކުރައްވާށެވެ! ފޯނުގައި ހުރި ނަންބަރުތަކަށް މެސެޖްވެސް ކުރައްވާށެވެ! ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރައްވާށެވެ! ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދިރުވަން މަސައްކަތްކުރައްވާށެވެ! އެއީ ހަމައެކަނި ޢިލްމުވެރިން ކުރައްވަން އޮތްކަމެއްކަމަކަށް ދެކެގެން އެކަން ނުކުރީމާ އެނަގައިލެވެނީ ނުހަނު ފަސޭހައިން ތިމާއަށް ހޯދެންހުރި ޘަވާބުތަކެވެ.
އާޝޫރާ ދުވަހުގެ ރޯދައާ ގުޅުންހުރި ބައެއް ލިޔުން:
https://islamqa.info/en/answers/21775/virtues-of-fasting-ashura
https://islamqa.info/en/answers/21776/what-is-the-ruling-on-singling-out-ashura-for-fasting