ދެމަފިރިން އެކުގައި ދިރިއުޅުނަސް ދެމީހުންގެ މެދުގައި ގާތް ގުޅުމެއް ނެތްކަމަށް ޤަބޫލުކުރެވެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދެމަފިރިން އެކުގައި ދިރިއުޅުނަސް ދެމީހުންގެ މެދުގައި ގާތް ގުޅުމެއް ނެތްކަމަށް ޤަބޫލުކުރެވެނީ ކީއްވެ؟

ދެމަފިރިއަކު އެކުގައި ދިރިއުޅުނަސް ދެމީހުންގެ މެދުގައި ގާތް ގުޅުމެއް ނެތްކަމަށް ޤަބޫލުކުރެވުމުގެ މައްސަލަ ވަރަށް ގިނައިން ކުރިމަތިވެއެވެ. އަދި ދެމީހުންވެސް ނިދަނީ އެއް އެނދުގައިކަމަށްވެފައި އަދި ނިދަނީ އެކުގައިކަމަށްވެސްވެފައިމެ ގާތްކަމެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއްކަމުގައި ބެލެވެއެވެ. 

މިވާގޮތް ދިރާސާކުރަން ކުރެވުނު މަސައްކަތުން އެނގުނު ކަންކަމުގެ ތެރޭގައި ދެމީހުންނަށް އެކުގައި އުޅެވޭ ކަމުގެ އިޙްޞާޞް އުފެދިގެން އަންނަނީ ދެމީހުންނަކީވެސް އެކެއްގެ އިޙްޞާޞްތައް އަނެކާއަށް ބިރެއް ނެތި ޙިއްޞާ ކުރެވޭނެ ގޮތަކަށް އުޅެވޭ ބައަކަށްވެގެންނެވެ. 

ހަމައެއާއިއެކު ޙިއްޞާކޮށްފިނަމަ، އަދަބެއް ނުވަތަ އަނިޔާއެއް ނުލިބޭނެކަމުގެ ޔަޤީންކަންވެސް އޮންނަންޖެހެއެވެ. އަދި ހަމައެއާއިއެކު ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އަނެކާގެ ކިބައިން އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަންވެސް ލިބެންޖެހެއެވެ. އަދި ހަމައެއާއިއެކު އެކެއްގެ ސިއްރުތައް އަނެކާ ހިފަހައްޓައިދޭނެ ކަމުގެ ޔަޤީންކަންވެސް އޮންނަން ޖެހޭނެއެވެ. 

މިކަންކަން ފުރިހަމަނުވާނަމަ އެއްގެއެއްގައި ދިރިއުޅުނަސް، އެއް އެނދެއްގައި ނިދިނަމަވެސް، އެކުގައި ކައިބޮއިހެދިނަމަވެސް، އަދި އެކުގައި ބޭރަށްގޮސް އުޅުނަސް ދެމީހުންނަށް މިއުޅެވެނީ އެކުގައި ކަމުގެ ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. 

ޚުލާޞާކޮށްލާނަމަ ކުރިން މިބަޔާންކުރި ކަންކަމަކީ ދެމަފިރިަކަމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ދެމީހުންގެ ގުޅުން ރަމްޒުކޮށްދޭނެ ކަންކަމެވެ. އެކަންކަން ނެތިއްޖެނަމަ ދެމީހުންގެ މެދުގައި އޮންނަން ޖެހޭ ގުޅުން އޮތް ކަމުގެ އިޙްޞާޞް ނުކުރެވޭނެއެވެ. 

- އަލަފް

މިއަދު އޮންލައިން