އަމިއްލަ ޢާއިލާއަށް ދޭންޖެހޭ ސަމާލުކަން ނުދީ މުޅި ދުނިޔެއަށް އެހީތެރިވިޔަސް ކުރާނެ އެއްވެސް ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަމިއްލަ ޢާއިލާއަށް ދޭންޖެހޭ ސަމާލުކަން ނުދީ މުޅި ދުނިޔެއަށް އެހީތެރިވިޔަސް ކުރާނެ އެއްވެސް ފައިދާއެއް ނެތް!

ބައެއް މީހުން ވަރަށް ގިނައިން އަޅުކަންކުރެއެވެ. މީހުންނަށް އެހީތެރިވެއެވެ. މުޅި ދުނިޔެއަށްވެސް (ތަފާތު ޤައުމުތަކުގައި ހިންގާ ކަންކަމަށް) އެހީތެރިކަން ފޯރުކޮށްދެއެވެ. މުޖުތަމައުގައި ކުރެވޭ ކަންކަމުގައި ބައިވެރިވެއެވެ. އިޖުތިމާޢީ ޚިދުމަތް ކުރެއެވެ. މިހެންގޮސް ރަނގަޅު ހުރިހާ ކަމެއްވެސް ކުރެއެވެ. 

ނަމަވެސް އޭނާގެ ފުރަތަމަ ވާޖިބު އަދައެއް ނުކުރެއެވެ. އެއީ އޭނާގެ ގޭގެ ކަންކަން ބެލެހެއްޓުމެވެ. އަނބިން، ދަރިން ނުވަތަ ފިރިންގެ ކަންކަން ބެލެހެއްޓުމެވެ. އެމީހުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމެވެ. 

ބުނަން ހެއްޔެވެ؟ އަހުރެންނަށް އެނގިހުރި މިންވަރުން ބުނަމެވެ. އަމިއްލަ ޢާއިލާއަށް ތިމާކޮށްދޭންޖެހޭ ކަންކަން ފުރިހަމަ ކޮށްނުދީ، ދުނިޔޭގައި ތިބި އެންމެންނަށް އެހީތެރިވިނަމަވެސް ކުރާނެ ފައިދާއެއް ނެތެވެ. އެހެނީ ކޮންމެ ފިރިހެނެއްގެވެސް އަދި އަންހެނެއްގެ ވެސް އެންމެ ފުރަތަމަ މަސްއޫލިއްޔަތަކަށްވާންޖެހޭނީ އެމީހާގެ ޢާއިލާއަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމެވެ. 

ފިރިހެނުންނާއި އަންހެނުންނަށް ނިޞްބަތްކޮށް މިހެން ބުނަން މިޖެހެނީ ފިރިހެނުން ފަދައިން ގެއިން ބޭރުގައި ގިނަ ވަޤުތުތައް ހޭދަކުރާ އަންހެނުން ގިނަވާތީއެވެ. އެކަމުގެ ސަބަބުން ލިބޭ އެންމެ ބޮޑު ގެއްލުމަކީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުނުކުރެވުމެވެ. އެޙާލަތުގައި ގެއިން ބޭރުގައި ގިނަ ވަޤުތު ހޭދަކުރުން މަނާކުރުމުގެ ޙައްޤުވެސް ފިރިމީހާއަށް ލިބިގެންވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން