އަޑުއިވުމުން އަހުރެމެންނަށް އަސަރެއް ކުރޭތަ؟ އެއާޔަތެއް ބާވައިލެއްވެވުމުން ބިރުފުޅުން ރަސޫލް (ޞޢވ) ތުރުތުރުއަޅާވަޑައިގެން ޢަޛާބުން ސަލާމަތްކަމަށް އެދިވަޑައިގެން ދުޢާކުރެއްވެވި އާޔަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އަޑުއިވުމުން އަހުރެމެންނަށް އަސަރެއް ކުރޭތަ؟ އެއާޔަތެއް ބާވައިލެއްވެވުމުން ބިރުފުޅުން ރަސޫލް (ޞޢވ) ތުރުތުރުއަޅާވަޑައިގެން ޢަޛާބުން ސަލާމަތްކަމަށް އެދިވަޑައިގެން ދުޢާކުރެއްވެވި އާޔަތް-

މީސްތަކުންނޭވެ! ބޮޑު ހަނގުރާމައަކަށްވުރެ ﷲ ތަޢާލާގެ ޢަޛާބުގެ ނުރައްކައުތެރިކަން މާބޮޑެވެ. ހަނގުރާމައަކުން ސަލާމަތްވެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ޢަޛާބެއް ފޮނުއްވަވައިފިނަމަ ސަލާމަތެއް ނުވެވޭނެއެވެ. ވީމާ ﷲ ތަޢާލާގެ ޢަޛާބުން ސަލާމަތްކުރައްވަވައިދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. ތައުބާވުން ގިނަކުރަންވާނެއެވެ!

"ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ ތިއަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިއަބައިމީހުންގެ ފައިތަކުގެ ދަށުން ތިއަބައިމީހުންގެ މައްޗަށް ޢަޛާބެއް ފޮނުއްވެވުމަށް ނުވަތަ ތިއަބައިމީހުން ބައިބައަށް ވަކިކުރައްވަވައި ތިއަބައިމީހުންގެ ތެރެއިން އެއްބައެއްގެ ބާރުގެ ރަހަ، އަނެއް ބައކަށް ދެއްކެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

ތިމަން ރަސްމިއާޔަތް ބާވައިލެއްވެވުވުމުން އެކަލާނގެ ޢަޛާބަށް ބިރުފުޅުން ރަސޫލް ﷺ ގެ ހަށިކޮޅު ތުރުއެޅިއެވެ. އެކަލާނގެ ޢަޛާބުން ސަލާމަތްކުރައްވަވައި ދެއްވެވުމަށް ދުޢާކުރެއްވެވިއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން