އަނބިމީހާ ބަލިވެ އިނދެ އެހީތެރިކަމަށް ބޭނުންވާ ވަޤުތު އަޅާނުލާ، ހިލޭ އަންހެނުން ފަހަތުން ދުވުމަކީ އަނބިމީހާއަށާ ދަރިފުޅަށް ކުރެވޭ ބޮޑު އަނިޔާއެއް! އެއީ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އަނބިމީހާ ބަލިވެ އިނދެ އެހީތެރިކަމަށް ބޭނުންވާ ވަޤުތު އަޅާނުލާ، ހިލޭ އަންހެނުން ފަހަތުން ދުވުމަކީ އަނބިމީހާއަށާ ދަރިފުޅަށް ކުރެވޭ ބޮޑު އަނިޔާއެއް! އެއީ ބޮޑު ފާފައެއް!

މިބާވަތުގެ ވާހަކަ ދެއްކޭތީ ބައެއް މީހުން އަހުރެންނާއިމެދު ހިތްހަމަވެސް ނުޖެހެއެވެ. ނަމަވެސް ކަންކަން އިޞްލާޙްކުރެވޭނީ އެކަމެއް އޮތް ގޮތަށް ކިޔައިދީގެންނެވެ. އެކަމެއްގެ ވާހަކަ ދައްކައިގެންނެވެ. އެގޮތުން މިޜޭވެސް ކަމެއް ފާހަގަކޮށްލާނަމެވެ. 

މުސްލިމުންގެ ތެރެއިންވެސް އަދި ކާފިރުންގެ ތެރެއިންވެސް ބައެއް މީހުން، އެމީހުންގެ އަނބިން ބަލިވެ އިނުމުން އަނބިމީހާ އާއި ލިބެން އުޅޭ ދަރިފުޅަށްޓަކައި އޭނާއަށް ކުރެވޭ ނުބައި ބައެއް ޢަމަލުތައް ހުއްޓާލައެވެ. 

އެއްބޭނުމަކީ ކުރެވޭ ބޭކާރު ކަރަދުތައް ހުއްޓާލުމެވެ. އަނެއް ބޭނުމަކަށްވަނީ އަނބިމީހާއަށް އަޅާލައި އޭނާއަށް އެހީތެރިވެދީ އުފާކޮށްދޭން ވަޤުތު ހުސްކުރުމެވެ. އެންމެ ބޮޑު ބޭނުމަކަސްވަނީ ލިބެން އުޅޭ ދަރިފުޅަށްޓަކައި ރަނގަޅު ބައްޕައަކަށްވުމެވެ. 

އެކަމަކު ބުނަން ހެއްޔެވެ؟ މުސްލިމުންގެ ތެރޭގައި މިބުނި ގޮތާއި ދިމާ އިދިކޮޅަށް ކަންކަންކުރާ ފިރިންވެސް މަދުކަމަށް ބުނެވޭކަށް ނެތެވެ. އެމީހުން ކުރިން މިބުނި އެއްވެސް ކަމަކަށް ނުވިސްނައެވެ. ބަލިވެއިނދެ ހިރިނުލެވޭ އަނބިމީހާއާއިމެދަކުވެސް އަދި ލިބެން އުޅޭ ދަރިފުޅާއިމެދަކުވެސް ނުވިސްނައެވެ. އެމީހުން ބަލަނީ ގުޅޭނެ އިތުރު އަންތބަކު ހޯދޭތޯއެވެ. ނުވަތަ ހިލޭ އަނހްނުންގެ ކިބައިން އުފާހޯދޭތޯއެވެ. 

މީސްތަކުންނޭވެ! ޚާއްބަކޮށް ފިރިންނޭވެ! މިފަދަ ކަމެއް ކުރުމުން ދީނުން ބޭރުވެގެންދާނެ ކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް ވަރަށް ސާބިތުކަމާއިއެކު ބުނަމެވެ. އެފަދަ ގޮތަކަށް ޢަމަލުކޮށްފިނަމަ ދީނުގަ ޢަމަލުކުރަން އޮތް ގޮތުން ބޭރުވެގެންދާނެއެވެ. 

އެހެނީ އަނބިމީހާ ބަލިވެއިނީ ތިބާގެ ދަރިއަކަށެވެ. އޭނާއަށް ފިރިމީހާގެ ބޭނުން އެންމެ ބޮޑަށް ޖެހޭ ވަޤުތު އޭނާ ނިކަމެތިކޮށް ހިތުގައި ޖެއްސުމަކީ އޭނާއަށް ކުރެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ. އަދި އެކަމަކީ އެކަމުގެ އަސަރު އޭނާގެ ބަނޑުގައި އޮތް ތިބާގެ ދަރިފުޅަށް ކުރާނެ ކަމެކެވެ. ވީމާ އަނިޔާ އެކުރެވެނީ އަނބިމީހާއަށް އެކަންޏެއް ނޫނެވެ. ދެމައިންނަށެވެ. 

ވީމާ މިހުރީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ. ފޮތް ފޮތުގައި "އަނބިމީހާ ބަލިވެއިނީމާ އަޅާ ނުލައި ހިތުގަ ޖެއްސުމަކީ ބޮޑު ފާފައެއްކަމަށް" ސީދާ ޢިބާރާތުން ލިޔެވިފައި ނެތް ނަމަވެސް އަހުރެންގެ ނަޒަރުގައި އެއީ ހަމަ ބޮޑު ފާފައެކެވެ. ފާފައަކަށްވަނީ އިސްވެ މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ. ތިބާގެ ލޯބިދީ އަޅާލައި އެހީތެރިވާންޖެހޭ އަނބިމީހާއަށް ތިބާގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ވަޤުތު އަނިޔާވެރިވާތީއެވެ. އަނިޔާވެރިން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. 

ވީމާ ނުބައި ޢާދަ ދޫކޮށްލަން ވަރަށް ބޮޑަށް ނަޞޭޙަތްތެރިވަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން