"މީސްތަކުން ﷲ އަށް ބިރުވެތިވުން ދޫކޮށް، ބޮޑެތި ފާފަތައް ކުރުން ގިނަކުރަން ފަށައިފިނަމަ ކޯފާވެވޮޑިގެން މީސްތަކުންނަށް އަދަބު ދިނުމަށް ބިމަށް އަމުރުފުޅުކުރައްވަވާނެތެވެ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
"މީސްތަކުން ﷲ އަށް ބިރުވެތިވުން ދޫކޮށް، ބޮޑެތި ފާފަތައް ކުރުން ގިނަކުރަން ފަށައިފިނަމަ ކޯފާވެވޮޑިގެން މީސްތަކުންނަށް އަދަބު ދިނުމަށް ބިމަށް އަމުރުފުޅުކުރައްވަވާނެތެވެ!"

އަޢިޝަތުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މީސްތަކުން ﷲ ތަޢާލާއަށް ބިރުވެތިވުން ދޫކޮށް، ބޮޑެތި ފާފަތައް ކުރުން ގިނަކުރަން ފެށުމުން ﷲ ތަޢާލާ ކޯފާވެވޮޑިގެން މީސްތަކުންނަށް އަދަބު ދިނުމަށް ބިމަށް އަމުރުފުޅުކުރައްވަވާނެތެވެ. (ޒިނޭ ކުރުމާއި އެހެންވެސް ބައެއް ބޮޑެތި ފާފަތައް ކުރުން އެކަމަނާ ފާހަގަކުރެއްވެވިއެވެ.) އަދި ވިދާޅުވިއެވެ. "އެމީހުން ތައުބާވެއްޖެނަމަ އެ ޢަޛާބުން މީސްތަކުން ސަލާމަތްކުރައްވަވަތެވެ. ތައުބާނުވިނަމަ އެ ޢަޛާބުގައި މީސްތަކުން ފަނާކުރައްވަވަތެވެ." 

ޢައިޝަތުގެފާނުގެ މިބަސްފުޅަކީ އެބަސްފުޅުގެ ތެދުކަމަށް ޤުރްއާނާއި ސުންނަތުން ދަލީލު ލިބިގެންވާ ބަސްފުޅުތަކެކެވެ. ވީމާ މިއަދު އަޅުގަނޑުމެންނަށް ޢަމަލުކުރެވެމުން މިއަންނަ ގޮތާއިމެދު ކޮންމެ މީހަކުވެސް ވިސްނައިލާށެވެ. އެވެނި މިވެނި މީހާގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ކޮންމެ މީހަކުވެސް ފުރަތަމަ ކަމަކަށް އެމީހަކަށް ކުރެވޭ ކްނަކަމަށް ވިސްނައިލާށެވެ! 

ބަލިމަޑުކަން، ނުވަތަ ޤުދްރަތީ ކާރިސާކީ ނަމަވެސް މިފަދަ ކޮންމެ ކަމަކީވެސް ﷲ ތަޢާލާ ފޮނުއްވަވާ އިންޒާރުތަކެވެ. ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަށް ދެއްވަވާ ވަރުގަދަ އިންޒާރެއްކަމަށް ޤަބޫލުކޮށް ޢަމަލުތައް އިޞްލާޙްކުރަން އަވަސްވެގަންނާށެވެ! 

ދުނިޔޭގައި ކުރިމަތިކުރައްވަވާ ކޮންމެ މުޞީބާތަކީ އާޚިރަތް ދުވަހުގެ ޢަޛާބުން ސަލާމަތްވުމަށް ދެއްވަވާ ފުރުޞަތެކެވެ. އެހެނީ ކޮންމެ މުޞީބާތެއްގެ އެންމެ ބޮޑު ޙިކުމަތަކީ އާޚިރަތަށް ބިރުވެތިވުމެވެ. އާޚިރަތްދުވަހު ދެއްވަވައިފާނެ ގަދަފަދަ ޢަޛާބުން ސަލާމަތްވާން މަސައްކަތްކުރުމެވެ.  ވީމާ އޮތީ ކުރިމަތިކުރެއްވެވި މުޞީބާތާއިމެދު ވާހަކަދެއްކުމެއް ނޫނެވެ. ޢަމަލުތައް އިޞްލާހްކުރުމެވެ. ފާފަކުރުމާއި ދުރުހެލިވުމެވެ. 

ޢަލީގެފާނުގެ ވެރިކަމުގެ ދުވަސްވަރު ޚޫފާއަށް ބިންހެލުމެއް އައެވެ. އެއިން އިބްން މަސްއޫދު އެތަނުގައި ހުންނެވިއެވެ. ތެދުވެވަޑައިގެން ކީރިތި ޤުރްއާނުގެ އާޔަތްތައް ވިދާޅުވެ މިއީ ﷲ ތަޢާލާއަށް ބިރުވެތިވުމަށް ފޮނުއްވެވި އިންޒާރެއްކަމަށް ވިދާޅުވެ މީސްތަކުންނާއި މުޚާޠަބް ކުރެއްވެވިއެވެ.   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން