ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ނަމާދުކުރަން އޮތް ވަޙީބަސްފުޅުގެ މާނަ ރަނގަޅު ގޮތުގަ ދެނެގަނެގެން، ހިތުގައި ބާއްވައިގެން ހުރެ ކުރާ ނަމާދެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ނަމާދުކުރަން އޮތް ވަޙީބަސްފުޅުގެ މާނަ ރަނގަޅު ގޮތުގަ ދެނެގަނެގެން، ހިތުގައި ބާއްވައިގެން ހުރެ ކުރާ ނަމާދެވެ!

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ނަމާދު ޤާއިމްކުރާށެވެ! އެބަސްފުޅުގެ މާނައަކީ މިސްކިތަށް އަރައި ގުދުވެފަ، ތެދުވެފަ ސަލާމްދީފަ ފައިބައިގެން ދިއުމެއް ނޫނެވެ. އެބަސްފުޅުގެ މާނަ މާބޮޑެވެ!  

ފުރަތަމަވެސް ވިސްނައިލާށެވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ގުދުވެފަ ތެދުވެފަ އިށީނދެފަ ސަލާމްދީފަ ފައިބައިގެން ދިއުމަކަށް ނޫނެވެ. ނަމާދު ޤާއިމުކުރުމަށެވެ. ނަމާދުކުރިކަމަށްވާނީ ﷲ ތަޢާލާ އެކަންކުރަން އަންގަވާފައިވާ ގޮތަށް ކުރުމުންނެވެ.

އެންމެ ބޮޑަށް މަސައްކަތްކުރަންވީ އެއް ނަމާދަށްވުރެ އަނެއް ނަމާދުކުރެވޭ ފެންވަރު ރަނގަޅުކުރުމަށެވެ. ފުރަތަމަވެސް ވިސްނާށެވެ. ތިމާ ހުއްޓި މިހުރީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ވީމާ ކިޔަމަންތެރިކަން ހުރިހާ ގޮތަކުންވެސް ދައްކަން ޖެހޭނެއެވެ. ނަމާދު ވީހާ ފުރިހަމައަށް ކުރަންޖެހޭނެއެވެ.   

އަދި މިގޮތަށްވެސް ވިސްނާށެވެ. ނަމާދަކީ ތިމާ ދުނިޔޭގައި ހުރެ ﷲ ތަޢާލާ އާއި ބައްދަލުކުރާ ބައްދަލުކުރުމެކެވެ. އެބައްދަލުވުން ފުރިހަމަކޮށްފި މީހަކަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާއި ބައްދަލުކުރަންޖެހޭ ބައްދަލުކުރުމުގައި އެމީހަކަށް ﷲ ތަޢާލާ މަރުޙަބާ ވިދާޅުވާނެތެވެ. އެމީހަކު ވާހުށީ ކާމިޔާބުލިބިގެންވާ މީހުންގެ ތެރެއިންނެވެ. އިން ޝާ ﷲ  

އެއްވެސް ޝައްކެއް ނެތް ގޮތުގައި ޤިޔާމަތް ދުވަހުގެ ކާމިޔާބީ ގުޅިފައިވަނީ ނަމާދާއިއެވެ. އެއީ ފުރަތަމަ ސުވާލެވެ. އެސުވާލުގެ ޖަވާބު ގުޅިފައިވަނީ ސުވަރުގެ ލިބުމާއިއެވެ. ވީމާ ކޮންމެ ގޮތަކުން ނަމަވެސް ، ކިތަންމެ ބޮޑަށް މަސައްކަތްކޮށްގެން  ނަމަވެސް މަސައްކަތްކުރަންވީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރެވޭތޯއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން