މުސްލިމެއްގެ އަތަށް ކީރިތި ޤުރްއާނުގެ މުޞްޙަފެއް ލިބިއްޖެނަމަ އެއީ ﷲ ތަޢާލާ ތިމާއަށް ދެއްވެވި ވަރަށް ބޮޑު ނިޢުމަތެކެވެ! ޝުކުރުވެރިވާން ކުރަންވީ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މުސްލިމެއްގެ އަތަށް ކީރިތި ޤުރްއާނުގެ މުޞްޙަފެއް ލިބިއްޖެނަމަ އެއީ ﷲ ތަޢާލާ ތިމާއަށް ދެއްވެވި ވަރަށް ބޮޑު ނިޢުމަތެކެވެ! ޝުކުރުވެރިވާން ކުރަންވީ ކަންތައް-

މުސްލިމެއްގެ އަތަށް ކީރިތި ޤުރްއާނުގެ މުޞްޙަފެއް ލިބިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް އެއީ ﷲ ތަޢާލާ ތިމާއަށް ދެއްވެވި ވަރަށް ބޮޑު ނިޢުމަތެއް ކަމުގައި ދެކޭށެވެ. އެއީ ކީއްވެގެންކަން މިކިޔައިދެނީއެވެ. 

ފުރަތަމަ ކަމަކަށް މުޞްޙަފެއް މުސްލިމެއްގެ އަތަށް ލިބިއްޖެނަމަ ކަމަށް މިބުނި ސަބަބު ބުނެލާނަމެވެ. ކިތަންމެ އަގު ބޮޑު އެއްޗެއް އަތަށް ލިބުނަސް އެއިގެ އަގުވަޒަންކުރެވޭނީ އެއީ ކޮންއެއްޗެއްކަން އެނގިގެންނެވެ. މިސާލަކަށް ޖަނަވާރުތަކަކާއި ދިމާއަށް ނުވަތަ ދުނިޔެއިން މޮޔަވެފައި ހުރި މީހަކާއި ދިމާއަށް ރަންބުރިތަކެއް އުކައިބަލާށެވެ. އެނަގާކަށް ނުއުޅޭނެއެވެ. ދުރާނީ ދުރަށެވެ. އެއީ ރަނަކީ ކޮން އެއްޗެއް ކަމާއި އެއިގެ ބޭނުމާއި އެއިންކުރާނެ ފައިދާ ނުއެނގޭތީއެވެ. 

ހަމަ އެފަދައިން ކީރިތި ޤުރްއާނުން ތިމާއަށް ކުރާނެ ފައިދާ އާއި އެއިގެ މަތިވެރިކަން އެނގޭނީ މުސްލިމުންނަށެވެ. އެހެން މީހުންނަށް ފެންނާނީ އެއީ ހަމައެހެންވެސް ފޮތެއް ފަދައިންނެވެ. 

ދެން ތިބާގެ އަތަށް މުޞްޙަފެއް ލިބިއްޖެނަމަ، އެއީ ގޭގައި ނަމަވެސް ، މިސްކިތުގައި ނަމަވެސް އަދި އެހެން ތަނެއްގައި ނަމަވެސް އެކަން އެއީ ތިބާއަށް ދެއްވެވި ނިޢުމަތަށްވާ ގޮތަކީ ފުރަތަމަ ކަމަކަށް މުޞްޙަފެއްގައި ނުބީހޭ ކިތައް މުސްލިމުން އެބަ އުޅޭ ހެއްޔެވެ؟ ދެވަނަ ކަމަކަށް ކާފިރަކު، ﷲ ތަޢާލާ ތެދުމަގު ދެއްކެވުމުން ނޫނީ މުޞްޙަފެއްގައި ބީހޭކަށްވެސް ބޭނުމެއް ނުވާނެއެވެ. 

ނަމަވެސް ތިބާގެ އަށް މުޞްހަފެއް ނެގުނީއެވެ. ނުވަތަ މީހަކު ތިބާގެ އަތަށް މުޞްޙަފެއް ދިނީއެވެ. އެހިނދު ފުރަތަމަ ކަމަކަށްވެސް އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެއް ކަމުގައި ދެކޭށެވެ. ޝުކުރުވެރިވާ ޙާލުގައި ކިތަންމެ ކުޑަ ތަންކޮޅެއް ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ. ތަރުޖަމާއެއް ނަމަ ކިޔަވާ އާޔަތްތަކުގެ މާނަވެސް ކިޔައިލާށެވެ. 

ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވުމަކީ އެއީއެވެ. 

- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން