މައިންބަފައިން ކުއްޖާގެ ޢުމުރުން 4 އަހަރުގަ އިސްލާމް ދީނުން ބޭރުކުރުމުން އަލުން އިސްލާމްވި ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މައިންބަފައިން ކުއްޖާގެ ޢުމުރުން 4 އަހަރުގަ އިސްލާމް ދީނުން ބޭރުކުރުމުން އަލުން އިސްލާމްވި ޒުވާނެއްގެ ވާހަކަ-

ސައުތު ކޮރޮލީނާގެ ޒުވާނަކު، ކީރިތި ޤުރްއާން މަތިވެރި ކުރަން ކުރިއަށްގެންދިއަ ފަންޑަކަށް އެއިރު އޭނާގެ އަތުގައި އޮތް 50 ޑޮލަރު ހަދިޔާކުރުމަށްފަހު ބުނެފައިވެއެވެ.

"އަހަރެން ނިޞްބަތްވަނީ އެމެރިކާގެ ސައުތު ކެރޮލީނާއަށެވެ. އަހަރެން ދުނިޔެއަށް އުފަންވީ މުސްލިމެއްގެ ގޮތުގައެވެ. ނަމަވެސް އުމުރުން އެންމެ 4 އަހަރުގަ އަހަރެންގެ މައިންބަފައިން އަހަރެންނަކީ ކްރިސްޓިއަނަކަށް ހެދިއެވެ. ނަމަވެސް މީގެ 1 އަހަރުކުރިން އަހަރެން މިހުރީ މާތް ﷲ ގެ ދީނަށް (އިސްލާމް ދީނަށް) އެނބުރި އައިހެވެ.

އަހަރެން އެނބުރި އިސްލާމް ދީނަށް އެނބުރިއައީ ﷲ ތަޢާލާގެ ދީން ފިޔަވައި އެހެން އެއްވެސް ދީނަކުން މީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން ޔަޤީންކުރެވޭތީއެވެ. ﷲ އީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ."

އެނގެން މިދަނީ ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތާއިމެދު ވިސްނާ މީހަކަށް އިސްލާމް ދީނަށްވުރެ މަތިވެރި ދީނެއް ނެތްކަން ވިސްނޭނެ ކަމެވެ. އިސްލާމް ދީނަށް ރުޖޫޢަވާނެކަމެވެ. ވީމާ އިސްލާމް ދީން ނިކަމެތިކުރުމުގެ ބޭނުމުގައި ކިތަންމެ ގިނަ ކަންކަން ކުރިނަމަވެސް ޙަޤީޤީ ކާމިޔާބު ލިބޭނެކަމެވެ.

އެމެރިކާއިން ބޭނުންވަނީ ކީރިތި ޤުރްއާން އެންދުން ހުއްދަކުރާށެވެ! އެހެންކަމާއިއެކުވެސް އެމެރިކާއަކީ އިސްލާމް ދީން އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ޤައުމެވެ.

 

މިއަދު އޮންލައިން