ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް ބިސްމިﷲ ކިޔުމުގެ މުހިންމުކަން މިހާބޮޑުކަން އެނގޭތަ؟: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް ބިސްމިﷲ ކިޔުމުގެ މުހިންމުކަން މިހާބޮޑުކަން އެނގޭތަ؟: ޢުމަރު ސުލައިމާން

ކުރަން އުޅެނީ އަޅުކަމެއް ނަމަވެސް އަޅުކަމެއް ނޫން ނަމަވެސް، ދުނިޔަވީ ކަމެއް ނަމަވެސް އަދި ކޮންމެ ކަމެއް ނަމަވެސް ކުރަން ފެށުމުގެ ކުރިން بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ކިޔަން އާދަކުރާށެވެ. އެހެންވެ ބައެއް ޢިލްމުވެރިން ފެންފޮދު ހިއްޕެވުމުގެ ކުރިން  بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ވިދާޅުވުމުގެ އިތުރުން ފޮންފޮދު ހިއްޕަވަންވެގެން ތަށްޓަށް ފެންއަޅުއްވަމުންވެސް  بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ވިދާޅުވެއެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުގައި  بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ގެ މަތިވެރިކަން ނިކަންދެކިބަލާށެވެ! ކީރިތި ޤުރްއާން ފަށްޓަވާފައިވަނީ  بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ އިންނެވެ. އެއަށްވުރެ މަތީ ދަރަޖައެއް އޮންނާނެހެއްޔެވެ؟ މިކަމުން އެނގިގެންމިދަނީ އަހުރެމެން ކުރާ ކޮންމެ ކަމެއްވެސް ކުރަން ފޭށުމުގެ ކުރިން ކިޔުމުގެ މުހިންމުކަން ބޮޑުކަމެވެ. 

ކުރާ ކޮންމެ ކަމެއްވެސް (ދީން ހުއްދަކުރާ) ކުރަން ފެށުމުގެ ކުރިން بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ކިޔުމުން އެކަމަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އެކަމުގައި ބަރަކާތް ލައްވަވާނެއެވެ. އެކަމެއް ކުރާނެ މަގު ފަހިކޮށްދެއްވަވައި ރަހްމަތް ލައްވަވާއެވެ. އިން ޝާ ﷲ 

އަނހެންވެރިންގެ ގާތުގައި ބުނެލަން ބޭނުމެވެ! ކައްކަން އުނދުންމައްޗަށް އުދަމުންވެސް އަދި ބާލަމުންވެސް އަދި އެހެންކަންކަން ކުރަމުންވެސް بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ކިޔާށެވެ. އެއިރުން ކުރާ މަސައްކަތުގެ ޘަވާބުގެ އިތުރުންވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން