ކާރުދުއްވަމުން މިޔުޒިކް ޖަހާ މީހުންނަށް: އެކްސިޑެންޓްވެ މަރުވެއްޖެނަމަ "ކޫލެއް" ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކާރުދުއްވަމުން މިޔުޒިކް ޖަހާ މީހުންނަށް: އެކްސިޑެންޓްވެ މަރުވެއްޖެނަމަ "ކޫލެއް" ނުވާނެ!

ފާފަ ކުރެވުމުން ތައުބާނުވާނަމަ، އަދި ގިނަގިނައިން ފާފަކުރުންމަތީގައި ދެމިހުންނަނަމަ (ތައުބާނުވެ) ﷲ ތަޢާލާ އެމީހަކު ދޫކޮށްލައްވަވައެވެ. އެހިސާބުން ތައުބާވުމުގެ ވިސްނުން އެމީހަކަށް ގެއްލިގެންދެއެވެ. 

ބަންގުރާބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ފާޙިޝް އަމަލުތައްކުރުންމަތީގައި މީހުން މަރުވެގެން އެދަނީ އެހެންވެގެންނެވެ. (މޮޅަށް ދެނެވޮޑިގެންވަނީ ﷲ) 

އަހުރެން މިއަދު މިފާހަގަކޮށްލަނީ ވަރަށް ޢާންމު ކަމެކެވެ. އެއީ ކިރިޔާ ހުސްވަޤުތެއް ލިބޭއިރަށް މިޔުޒިކްގެ ތެރެއަށް ގެއްލިގެންދިއުމެވެ. މިފާފަކުރެވޭ ބައެއް މީހުން، ކާރަށް އެރުމާއިއެކުވެސް ފުރަތަމަ ކަމަކަށްވެސް ޖަހާނީ މިޔުޒިކެވެ. ކާރު ދުއްވާނީ ލަވައާއި މިޔުޒިކް އަޑުއަހަމުންނެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއް ކުރުންމަތީގައެވެ.

އަހުރެންގެ ސުވާލަކީ ކާރުދުއްވަމުންދަނިކޮށް އެކްސިޑެންޓެއްވެ މަރުވެއްޖެނަމަ އޭނާ މަރުވީ ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަމެއް ކުރުންމަތީގައިކަމަށް ނުވާންވީ ކީއްވެގެންހެއްޔެވެ؟ އެފަދަ ގޮތަކަސް މަރުވުމަށްވުރެ ނުބައި މަރަކީ ކޮބައިހެއްޔެވެ؟

އެކުވެރިންނޭވެ! މިޔުޒިކް "ކޫލް" ކަމަށް ވިސްނުނު ނަމަވެސް ޙަރާމްކުރެއްވެވި ކަމެއްކުރުނަމަތީގައި މަރުވުމަކީ ކޫލް ކަމަކަށް ނުވާނެއެވެ. ކައްވަޅުގެ ޢަޛާބާއި ނަރަކައިގެ ޢަޛާބް ކޫލެއް ނުވާނެއެވެ.

އަހުރެން މިދެއްކީ އެނަމެ ފާފައެއްގެ މިޘާލެވެ. މިފަދަ އެތައް ކަމެއް ދެއްކިދާނެއެވެ. ބޭނުމަކީ ފާފަކުރުންމަތީގައި ދެމިނުތިބުމަށް ހަނދާންކޮށްދިނުމެވެ. ފާފައެއް ކުރެވުނަސް އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ހިތްވަރުދިނުމެވެ. މަރުވާނެ ވަޤުތު ނުއެނގޭނެތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން