ޝައިޚުލް އިސްލާމް އިމާމް އިބްން އަލް-ޤައްޔިމް ރަޙިމަހުﷲ އަށް ޖަލުގައި އެންމެ ބޮޑެތި އަނިޔާތައް ލިބިވަޑައިގަންނަވަމުންދިއަ ދުވަސްވަރު ދަރިވަރުންނަށް ވިދާޅުވި އަގުހުރި ބަސްފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޝައިޚުލް އިސްލާމް އިމާމް އިބްން އަލް-ޤައްޔިމް ރަޙިމަހުﷲ އަށް ޖަލުގައި އެންމެ ބޮޑެތި އަނިޔާތައް ލިބިވަޑައިގަންނަވަމުންދިއަ ދުވަސްވަރު ދަރިވަރުންނަށް ވިދާޅުވި އަގުހުރި ބަސްފުޅު-

ޝައިޚުލް އިސްލާމް އިމާމް އިބްން އަލް-ޤައްޔިމް ރަޙިމަހުﷲ އަށް ޖަލުގައި އެންމެ ބޮޑެތި އަނިޔާތައް ލިބިވަޑައިގަންނަވަމުންދިއަ ދުވަސްވަރު، ޖަލުގެ ގޮޅީގައި އޮންނަވައިގެން އެގޮޅީގައި ތިބި ދަރިވަރުންނަށް ވިދާޅުވިއެވެ. "މިގޮޅިވަރުގެ ބޮޑު ރަންގަނޑެއް ﷲ ތަޢަލާގެ މަގުގައި ޞަދަޤާތް ކުރެއްވެވުނަސް މިތަނުގައި އޮންނަވަން ޖެއްސެވިކަމަށްޓަކައި ﷲ ތަޢާލާއަށް އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޝުކުރު އަދާނުކުރެއްވެވޭނެއެވެ." 

އަދިވެސް ވިދާޅުވެއެވެ. "ކަލޭމެން ކަންބޮޑުނުވާށެވެ. ޖަލުގައި ބަންދުކުރެވިފައިވަނީ އަހުރެންނެއް ނޫނެވެ. ޙަޤީޤީ ޖަލުގައި ބަންދުކުރެވިފައިތިބޭ މީހުންނަކީ އެމީހުންގެ ބޭނުންތަކުގައި ކަސްތޮޅު އެޅިފައިވާ މީހުންނެވެ. އަދި ޙަޤީޤީ ޙައްޔަރަކުން ހައްޔަރުކުރެވިފައިވާ މީހުންނަކީ ﷲ ތަޢާލާ ހަނދުމަކުރުމުން ދުރުހެލިވެވިފައިތިބޭ މީހުންނެވެ." 

އެކުވެރިންނޭވެ! މި 3 ބަސްފުޅަކީވެސް ވަރަށް އަގުހުރި ބަސްފުޅުތަކެކެވެ. އެހެނީ ޖަލެއްގައި އޮންނަން ޖެހުމަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް، ޛިކުރުކޮށް އެމީހަކު ބޭނުންވާވަރަކަށް އަޅުކަންކުރަން ލިބޭ ފުރުޞަތެކެވެ. 

ދެން ބަލައިލަންވީ އެމީހާގެ ބޭނުންތައް ނުފުދިގެން އޫޅޭ މީހާއަށެވެ. އެމީހާއަށް އަބަދުވެސް އުޅެންޖެހޭނީ ބޭނުންތައް ފުއްދޭނެ ގޮތެއް ހޯދަންވެގެން އެކަމަށް މަސައްކަތްކުރުމުގައެވެ. އަޅުކަންކުރާނެ ވަޤުތެއް ނުލިބޭނެއެވެ. ހަމައެފަދައިން މީހަކު ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރާނަމަ އެމީހަކު އެވަނީ ވަރަށް ބޮޑަށް ޝައިޠޯނާގެ ކަސްތޮޅުން ކަސްތޮޅު އެޅިފައެވެ. 

ވީމާ މިއީ އަގުގެ ގޮތުން ބަލައިފިނަމަ މިއީ އަގު ނުވެސްކުރެވޭނެހައި އަގުހުރި ބަސްފުޅުތަކެވެ. 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން