ބިރުވެތިވޭ! ތައުބާ ނުވެވޭނެ ޙާލަތު ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބިރުވެތިވޭ! ތައުބާ ނުވެވޭނެ ޙާލަތު ޤުރްއާނުން-

މީސްތަކުންނޭވެ! މަރު އައިސް ތިމާ ޢާއި ބައްދަލުކުރާނީ ކޮންވަގުތަކުކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ބައްޔެއްޖެހި ކޯމާއަށްދާނީ ކޮންވަގުތަކުކަމެއް، ހަމަބުއްދިފިލައިދިއުން ފަދަ ކަމެއް މެދުވެރިވާނީ ކޮންވަގުތަކުކަންވެސް ނުއެނގޭނެއެވެ. ތައުބާ ނުވެވި ހުއްޓައި މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެމީހަކާއިމެދު ބައްލަވައިވޮޑިގަންނަވާނީ ހަމަހޭގައި، ގަދަވެސަލާމަތުން ހުރިއިރު އެމީހަކު އަމަލުކުރި ގޮތުގެ މައްޗަށެވެ. ތިބާއަކީ ފާފަކުރަމުން އައި މީހަކުނަމަ ތިބާވާނީ ފާފަކުރުމުގައި ދެމިހުރި މީހަކަށެވެ.

ފާފައެއް ކުރެވުމާއި ފާފަކުރުންމަތީގައި ދެމިހުރުމަކީ ވަރަށް ތަފާތުކަންބޮޑު ދެކަމެކެވެ. ފާފައެއް ކުރެވުމުން ތައުބާވެއްޖެނަމަ އެމީހެއްގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވަތެވެ. ނަމަވެސް ބިރުހުރީ ފާފަކުރުންމަތީގައި ދެމިތިބޭ މީހުންނަށެވެ. މި2 އާޔަތް އަޑުއަހާށެވެ!

"ތައުބާ ލެއްވެވުން ﷲ ގެ ޙަޟްރަތުން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއިއެކު ނުބައި ކަންތައްތައްކޮށް، ދެން އެކަންތައް ކުރުމާއި ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭ މީހުންނަށެވެ. ފަހެ، ﷲ އެއުރެންގެ މައްޗަށް ތައުބާ ލައްވަވަތެވެ. އަދި، މޮޅަސް ދެނެވޮޑިގެންވާ ޙިކުމަތްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 17)

"އަދި ނުބައިކަންތައްތައް ކޮށްކޮށްތިއްބައި އެއިން މީހެއްގެ ގާތަށް މަރު އައިސް ޙާޟިރުވެއްޖެނަމަ، އެހިނދު މިހާރު ތިމން ތައުބާ ވެއްޖަމޭ ބުނާމީހުންނާއި، ކާފިރުންކަމުގައި ތިބެ މަރުވާ މީހުންނަށް ތައުބާ ލެއްވެވުމެއް ނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވެވީމެވެ." (އައްނިސާ: 18)

މިބަޔާންކުރި 2 އާޔަތުން އެނގިގެން މިދަނީ ފާފަކުރުންމަތީގައި ދެމިހުއްޓައި މަރުވެއްޖެނަމަ އެމީހަކަށް އެއްވެސް ސަލާމަތްކަމެއް ނެތްކަމެވެ. އެމީހަކު ކިތަންމެ ވަރަކަށް އާދޭސް ދެންނެވިނަމަވެސް އެމީހެއްގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ. ވީމާ ކޮންމެވަގުތަކުވެސް ތިމާ މަރުވެދާނެކަމާއި އަދި ތައުބާވުމަށް ނުކުޅެދޭ ޙާލަތަކަށް ތިމާ ހިނގައިދާނެކަން ޤަބޫލުކޮށް ތައުބާވުމަށް އަވަސްވެގަންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން