މައިމީހާ ރުއްސައިގެން ސުވަރުގެ ހޯދަން އަނބިމީހާގެ ހިތުގަ ޖައްސާ ރޮއްވައި އަނިޔާވެރިވުމެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މައިމީހާ ރުއްސައިގެން ސުވަރުގެ ހޯދަން އަނބިމީހާގެ ހިތުގަ ޖައްސާ ރޮއްވައި އަނިޔާވެރިވުމެއް ނެތް!: މުފްތީ މެންކް

ސުވަރުގެވަނީ މައިމީހާގެ ފައިތިލަދަށުގައިކަމަށް ބުނާ ބުނުމަކީ މައިމީހާއަށް އަނިޔާވެރިވެގެން ސުވަރުގެ ނުލިބިދާނެކަން ބަޔާންކުރަން ބުނެވޭ ބަހެކެވެ. ބޭނުމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމާއި މަތިވެރިކަން ބަޔާންކުރުމެވެ.

މައިމީހާރުއްސައިގެން ސުވަރުގެ ހޯދަން މަސައްކަތްކުރުމަކީ އަނބިމީހާ ދީނީ ގޮތުން ބްލެކްމޭލްކުރުން ކަމަށް ހަދައިގެން ނުވާނެއެވެ! މައިމީހާދެކެ ވާންޖެހޭ ލޯތްބަކީ ވަރަށް ތަފާތު ލޯތްބެކެވެ! މައިމީހާ ރުއްސައިގެން ސުވަރުގެ ހޯދަން މައިމީހާއަށް ހެޔޮކޮށް ހިތާށެވެ! އެހީތެރިވެދޭށެވެ! އަޅާލައި އޯގާތެރިވާށެވެ!

ނަމަވެސް އެކަންކަން ކުރަން އަނބިމީހާ އާއިމެދު ގޯސްކޮށް ކަންކަންކޮށް ހިތުގައި ޖައްސައިގެން ނުވާނެއެވެ! އަނބިމީހާގެ ލޮލުން ކަރުއަޅަންޖައްސައި ކަރުނަ ނުހިކޭނެ ގޮތަށް ރޮއްވައިގެން ނުވާނެއެވެ! އެއިރުން އެވެވެނީ އަނިޔާވެރިއެވެ. އަނބިންނަށް އަނިޔާވެރިވުމަކީ ފިރިންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ.

ޢާއިލާ އެކުގައި ދިރިއުޅޭނަމަ ދެމަފިރިންގެ މެދުގައި އެންމެ ގިނައިން ކުރިމަތިވާ އެއް މައްސަލައަކީ ތިމާގެ މައިމީހާ އާއި އަންހެން ކޮއްކޮއިންގެ ކިބައިން އަންނަ މައްސަލަތަކެވެ. މިފަދަ ކަންކަން ކުރިމަތިވުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ.

މިފަދަ ކަމަކާއި ގުޅިގެންވެސް އަނބީމާއަކީ ބޭރުން ގެނެވުނު އަންހެނަކަށްވީތީ އޭނާއަށް ބުރަވެ މައިމީހާ އާއި ތިމާގެ އަމިއްލަ ޢާއިލާ އެދޭ ގޮތަށް ކަންކަން ނިންމައިގެން ނުވާނެއެވެ. ކަންކަން ނިންމަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން އިންޞާފުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން