އަވަހަށް ޙިއްޞާ ކޮށްލައްވާ! މާދަމާ، ބުރާސްފަތި ދުވަހާ ހުކުރު ދުވަހު ރޯދަހިފަން އެކުވެރިންނާ ޢާއިލާއަށް ހަނދާންކޮށްދީފިންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އަވަހަށް ޙިއްޞާ ކޮށްލައްވާ! މާދަމާ، ބުރާސްފަތި ދުވަހާ ހުކުރު ދުވަހު ރޯދަހިފަން އެކުވެރިންނާ ޢާއިލާއަށް ހަނދާންކޮށްދީފިންތަ؟

ކޮންމެ އަޅުކަމެއް ކުރަންވެސް މީސްތަކުންނަށް ހަނދާންކޮށްދިނުމަކީ އަޅުކަމެކެވެ. އެހެން މީހުންނަށް ހަނދާންވެ އަޅުކަން ކުރުމުން އެކަމުގެ ފައިދާ ހަނދާންކޮށްދިން މީހާއަށް ކުރާނެތީއެވެ. ހަނދާންކޮށްދިން މީހާއަށްވެސް ޘަވާބު ދެއްވަވާނެތީއެވެ. 

މުޙައްރަމް މަސް ކައިރިވާން ފެށުނީންސުރެ އެމަހުގައި ވީހާ ގިނަ ރޯދަ ހިފުމަށާއި ޚާއްޞަކޮށް ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ޢިލްމުވެރިން ހަނދާންކޮށްދެއްވާ ސަބަބަކީއެއީއެވެ.  

ހަމަ އެއާއިއެކު ކޮންމެ ސުންނަތެއްވެސް ދިރުވައި އާލާކުރަން މަސައްކަތްކުރުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެކެވެ. އަދ އިން ނުވަތަ އެނޫންވެސް ބައަކު ކަނޑައަޅާ ދުވަސްތައް ފާހަގަކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ދީނުގައިވާ މަގުން ދީނުގައިވާ ދުވަސްތަކުގައި އެދުވަހަކު ކުރަން އޮންނަ އަޅުކަމެއް ކުރުމުންނެވެ.  

އެގޮތުން އާޝޫރާ ރޯދަ ހިފަން މިއަހަރު ލިބިގެން މިދަނީ ވަރަށް ފަހި ފުރުޞަތެކެވެ. އެއީ މުޙައްރަމް މަހުގެ 9 (މާދަމާ) އަކީ ސަރުކާރު ބަންދު ދުވަހަކަށްވުމުން ރޯދަހިފައި އަޅުކަންކުރަން ގިނަ ވަޤުތުތަކެއް ލިބިގެންދާނެތީއެވެ.  

ދެން އޮތީ ޢުޛުރުވެރިންނަށް އޮތް އުފާވެރި ޚަބަރެވެ. 

"ތިއަ ބޭކަލުންނާއި ކަނބަލުންނަކީ ޢުޛްރުވެރިންކަމުގައި ނުވިނަމަ ރޯދަހިފީހެވެ. އެހެންކަމުން ތިއަބައިމީހުން ރޯދަހިފިކަމަށް ލިޔުއްވަވާނެތެވެ. އެކަމުގެ ޘަވާބު ދެއްވަޥާނެތެވެ." އިން ޝާ ﷲ 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން