އެއްވެސް މީހަކު ޒިނޭކުރަން ހުއްދައެއް ނޫނެވެ. އަދި އެހެންވެސް ފާފައެއް ކުރަން ހުއްދައެއް ނޫނެވެ. ލިސްޓްދިގުކަމުން މިއަދު އެންމެ ކަމަކަށް ކުރުކޮށްލާނަމެވެ.
ރަސޫލް ﷺ ގެ މިޢްރާޖް ދަތުރުފުޅުގައި އެމީހުންގެ ކައިރީގައި ތާޒާ މަސް ހުއްޓައި ކުނިވެ ފުޅައަޅާފައިވާ މަސްކާބައަކު ފެނިވަޑައިގަތެވެ. އެއީ ކޮންބައެއްތޯ ސުވާލުކުރެއްވެވުވުމުން ޖިބްރީލްގެފާނު ދެންނެވީ އެމީހުންނަކީ އެމީހުންގެ ޙަލާލް އަނބިން ގޭގައި ބައިތިއްބާފައި ގޮސް ޒިނޭކޮށް އުޅުނު މީހުން ކަމަށެވެ.
މިޒަމާނުގައި ކައިވެނިކޮށްގެން އުޅުނު ނަމަވެސް ޒިނޭކުރުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. މީގެ އިތުރުން ޒިނޭކުރާ މީހުންނަށް ނަރަކައިގައި ދެއްވަވާނެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ!
އެއްވެސް ފާފައެއްގެ ޢަޛާބު ދެއްވަވަނީ ޖިންސަށް ބައްލަވައިގެނެއް ނޫނެވެ. މި ޙަދީޘްފުޅުގައި މިވަނީ ފިރިހެނުންގެ ވާހަކަ ނަމަވެސް އަނބިންނަށްވެސް ޒިނޭ ކުރުމުން ދެއްވަވާނީ ހަމަ އެއް ޢަޛާބެކެވެ. ވީމާ މިއީ ކޮންމެ ދެމަފިރިއަކުވެސް ބިރުވެތިވާންޖެހޭނެ ބޮޑު ފާފައެކެވެ.
ކުރާ ފާފަ ސިއްރުކުރެވޭނީ ދުނިޔޭގައެވެ. މީސްތަކުންނަށެވެ. މަރުވާވަގުތުން ފެށިގެން އެމީހަކު ކުރި ކޮންމެ ފާފައެއް އެމީހަކާއި ބައްދަލުކުރާނެއެވެ. ވީމާ ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށް އަވަސްވެގަންނާށެވެ! ފާފަކުރުން ހުއްޓައިލުމަކީ ތައުބާވުމުގެ ޝަރުޠުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ވީމާ ފުރަތަމަ ކަމަކަށް ފާފަކުރުން ހުއްޓައިލާށެވެ! އަދި އިޚްލާޞްތެރި ތައުބާއަކުން ތައުބާވާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުނ