އިންސާނާއަށް ދެއްވެވި މަޑުމަޑު ނާޒުކު ހިތަކީ ހިލައަށްވުރެ ހަރުއެއްޗަކަށްވެދާނެކަން ޤުރްއާނުން- އެޙާލަތު ކުރިމަތިވިއަ ނުދޭން ކުރަންވީ ކަންކަން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އިންސާނާއަށް ދެއްވެވި މަޑުމަޑު ނާޒުކު ހިތަކީ ހިލައަށްވުރެ ހަރުއެއްޗަކަށްވެދާނެކަން ޤުރްއާނުން- އެޙާލަތު ކުރިމަތިވިއަ ނުދޭން ކުރަންވީ ކަންކަން-!

ދެދުނިޔޭގެ ބާއްޖަވެރިކަން އެކަމަކާއި ގުޅިފައިވާ ނަމާދު އަޅަން ބިރުނުގަތުމާއި ފާފަތައް ކުރަން ޖެހިލުން ނުވުމުގެ އިތުރުން މީސްތަކުންނަށް، ވަކިން ޚާއްޞަކޮށް ތިމާ އޯގާތެރިވާ މީހުންނަށް އަހަރެމެންގެ ދުލުން ނުބައި ބަސްތައް ބުނެވުމާއި ހަރުކަށި އަމަލުތައް ކުރެވުން ގުޅިފައިވަނީ އަހަރެމެންގެ ހިތުގެ ހަރުކަށިކަމާއިއެވެ. ވީމާ އެންމެ މުހިންމު ކަމެއް ދޭންޖެހެނީ ހަރުކަށިވުމުން ހިތް ސަލާމަތްކުރުމަށެވެ!

ހިތަށް ދެވޭނެ އެންމެ ބޮޑުފަރުވާއަކީ ތަޤްވާވެރިކަން އިތުރުކުރުމެވެ. ﷲ ތަޢާލާ ހަނދުމަކުރުން ގިނކުރުމާއި ޛިކުރްކުރުން ގިނަކުރުމެވެ. ވީހައި ގިނައިން އެކަންކަން ކުރަން މަސައްކަތްކުރާށެވެ!

"ދެން އެއަށްފަހު ތިއަބައިމީހުންތައް ގައުވެ، ހަރުކަށިވިއެވެ. ފަހެ އެހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ. (އެހެނީ) ހަމަކަށަވަރުން އެއިން ފެން އާރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެތެރެއިންވެއެވެ. އަދި ހަމަކަށަވަރުން ފަޅަފަޅައިގެންގޮސް އެއިން އެއިން ފެންނުކުންނަ ހިލަވެސް އޭގެތެރެއިންވެއެވެ. އަދި ހަމަކަށަވަރުން ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އެއިގެ ތެރެއިން ވެއެވެ. ތިއަބައިމީހުން ކުރާ ޢަމަލުތަކާއިމެދު ޣާފިލުވެވޮޑިގެންވާ ކަލަކުކަމުގައި ﷲ ނުވެއެވެ." (އަލްބަޤަރާ: 74)

މިޙާލަތު އިންސާނާގެ ހިތަށް ކުރިމަތިވަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދެއްކެވުމުން އެކަންކަމަށް ޣާފިލުވުމުންނެވެ. ބިރެއް ނެތި ފާފަކުރަމުން ދިއުމުންނެވެ. ތައުބާވާން ފަސްޖެހި ކަންނެތްވުމުންނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ކޮންމެ މީހަކަށް ވަކިވަކިން ކޮންމެ ދުވަހަކު ބަސްފުޅު ވަޙީނުކުރެއްވެވިނަމަވެސް ކީރިތި ޤުރްއާން އެއޮތީ އަހަރެމެންގެ އަތްމަތީގައެވެ. ﷲ ތަޢާލާގެ ކުލަދުންވަންތަކަމުގެ ހެކިތައް ކޮންމެ ދުވަހަކު އެގެންދަވަނީ މީސްތަކުންނަށް ދައްކަވަމުންނެވެ. އިންށާނުންނަށް ސަލާމަތް ނުވެވޭ އެތައް މުޞީބާތްތަކެއް ކޮނަމެ ދުވަހަކު ކުރިމަތިކުރައްވަވަތެވެ. އަދި އެ މުޞީބާތްތަކުން (އެކަލާނގެ އިރާދަކުރައްވަވާ އަޅުން) ސަލާމަތް ވެސް ކުރައްވަވަތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން