ކޮންމެ މުސްލިމް ފިރިހެނަކަށްވެސް (ނެލެހެއްޓުމުގެ ކެރިކުޅަދާނަކަން ލިބިގެންވާނަމަ) 4 އަނބިން ހުއްދައެވެ. ވީމާ އުޞޫލެއްގެ ގޮތުން އަނބިމީހާގެ ހުއްދަ ނަގާކަށް ނުޖެހޭނެއެވެ. ނަމަވެސް އެދެވިގެންވަނީ ހުއްދަނެގުމެވެ. އެންމެ ކުޑަމިނުން އޭނާއަށް އެނގިގެން ދެވަނަ ކައިވެނި ކުރުމެވެ.
ނަމަވެސް ކައިވެނީގެކުރިން އިސްލާމް ދީނުގައި ހުއްދަވެގެންވާ ކޮންމެ ކަމަކަށް ޝަރުޠުކުރުވުމުގެ އިޚްތިޔާރު ދެމީހުންނަށްވެސް ލިބިގެންވެއެވެ. ވީމާ ކައިވެނީގެ އެއްބަސްވުމުގައި "އަނބިމީހާ ދުނިޔޭގައި ހުއްޓައި ދެވަނަ ކައިވެންޏެއް ނުކުރުން" ޝަރުޠުކޮށް ކައިވެނީގެ އެއްބަސްވުމުގައި ލިޔެފައިވާނަމަ އަނބިމީހާގެ ކިބައިން ހުއްދަނަގަން މަޖުބޫރުވާނެއެވެ.
ނޫންނަމަ އޮތީ ކުރިން މިބަޔާންކުރި ގޮތެވެ. (އެދެވިގެންވަނީ ހުއްދަނެގުމެވެ. އެންމެ ކުޑަމިނުން އޭނާއަށް އެނގިގެން ދެވަނަ ކައިވެނި ކުރުމެވެ.)
- ޑރ. ޒާކިރު ނައިކްގެ ޖަވާބަކުން
Is it Compulsory for a Muslim Man to take the Permission of his 1st Wife Before taking another Wife? - Dr Zakir Naik
— Dr Zakir Naik (@drzakiranaik) July 26, 2023
RPT-08#Compulsory #Muslim #Man #take #Permission #1st #Wife #Before #taking #another #Zakirnaik #Drzakirnaik pic.twitter.com/L5P4iuTXMP