ބައިވެރިޔާ ކިތަންމެ ތަނަވަސް ނަމަވެސް އޭނާއަށް ކުރެވޭ ކުށްތައް ބުނެދީ އިޞްލާހްކުރަން މަސައްކަތް ނުކޮށް ޙަޤީޤީ މަޤްޞަދު ކާމިޔާބެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބައިވެރިޔާ ކިތަންމެ ތަނަވަސް ނަމަވެސް އޭނާއަށް ކުރެވޭ ކުށްތައް ބުނެދީ އިޞްލާހްކުރަން މަސައްކަތް ނުކޮށް ޙަޤީޤީ މަޤްޞަދު ކާމިޔާބެއް ނުކުރެވޭނެ!

އަނބިމީހާ ނުވަތަ ފިރިމީހާއާ ވަކިވާންބޭނުންވުމުން އޭނާގެ ރަނގަޅު އެއްވެސް ސިފައެއް ނުފެނުމާއި އޭނާއަކީ ތަނަވަސް މީހަކަށްވާތީ ކޮންމެ ގޮތަކުން ނަމަވެސް އޭނާ އާއިއެކު އުޅެން ބޭނުންވުމުން އޭނާކުރާ އެއްވެސް ކުށެއް ނުފެނުމަކީ (ފެނުނަސް ފެންނަކަމަށް ނުހެދުމަކީ) ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ. 

މިކަން ޢާންމުވެފައިވާލެއް ބޮޑުކަމުން މިއީ ދުނިޔޭގެ އާދަ ކަމަށްވެސް ބައެއް މީހުން ބުނެއެވެ. މާނައަކީ އެއީ އެހައިވެސް ގިނަބައެއްގެ ކިބައިގައި ހުންނަ ސިފައެކެވެ. 

ހިތާމަކުރަންޖެހޭ ކަމަކީ ދެމަފިރިން އެކަކު އަނެކަކަށް ކުށް ނުދައްކާނަމަ އިޞްލާޙްކުރަން އެހީތެރިވާނީ ކާކުހެއްޔެވެ؟ ދެމީހުންނަށް ކުރެވޭ ކުށްތައްވެސް އެންމެ ބޮޑަށް އެނގޭނީ ހަމަ ދެމަފިރިންނަށްކަމުގައިވާތީއެވެ. 

ޙަޤީޤީ ލޯބިވާނަމަ ބަލަންޖެހޭނީ އަނެކާގެ ކިބައިން ލިބޭ ނުވަތަ ލިބިދާނެ ދުނިޔަވީ މަންފާއަކަށް ނޫނެވެ. ރިވެތި ދިރިއުޅުމަކަށެވެ. ތަޤްވާވެރި ދިރިއުޅުމަކަށެވެ. ކައިވެނީގެ ކާމިޔާބީ ގުޅިފައިވަނީ ދެމީހުން އެކުގައި ސުވަރުގެދާން ކުރާ މަސައްކަތާއިއެވެ. 

ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. ބައިވެރިޔާގެ ގާތުގައި އޭނާއަށް ކުރެވޭ ކުށުގެ ވާހަކަ ބުނަން ޖެހިލުންވުމެވެ. އެހެންވެ އެވާހަކަ ބުނަން އެންމެ ގާތް އެކުވެރިޔާއާއި ޙަވާލުކުރެވެއެވެ. މިއީވެސް ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެކަމުގެ ނަތީޖާ ގިނަފަހަރަށް ފެނިފައިވަނީ އަދި ފެންނާނީވެސް ވަރަށް ހިތިކޮށްކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ޚާއްޞަކޮށް ބައިވެރިޔާއަކީ ތަނަވަސް ނުވަތަ މަތީ މަޤާމެއްގައި ހުރިމީހަކު ނަމަ ހިތިކަން ވަކިން ބޮޑުވެފައި ހިތިރަހަލުން އަވަސްވާނެއެވެ. 

ވީމާ އެންމެ ރަނގަޅު ޙައްލަކީ ދެމްފިރިންގެ މެދުގައި ދައްކަންޖެހޭ ވާހަކަތައް އެއްވެސް މީހަކު މެދުވެރިނުކޮށް އަމިއްލައަށް ދެއްކުމެވެ. 

- އަލަފް

މިއަދު އޮންލައިން