އަލަށް އިސްލާމްވި މިއަންހެނާގެ ވާހަކަތަކަށް ވިސްނައިލެވުނަސް ދީނާއިމެދު އަހުރެމެންނަށް މިތިބެވޭ ހިސާބު އެނގި ލަދުވެތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އަލަށް އިސްލާމްވި މިއަންހެނާގެ ވާހަކަތަކަށް ވިސްނައިލެވުނަސް ދީނާއިމެދު އަހުރެމެންނަށް މިތިބެވޭ ހިސާބު އެނގި ލަދުވެތިވާނެ!

ކޮންމެ ކަމެއްގައިވެސް ކުރިއަރައިދެވުންވަނީ އެކަމަކާއިމެދު ވިސްނައި ފިކުރުކޮށް އަދި ޢަމަލުވެސް ކުރިވަރަކުންނެވެ. 

މުޅި ދުނިޔޭގެ ތާރީޚުންވެސް ތިބާ އެންމެ ފާހަގަކުރަން ބޭނުން ދުވަހަކީ ކޮބައިހެއްޔެވެ؟ ނުވަތަ އެހަނދާންތަކަކާއި ވަކިނުވެވޭ ހަނދާންތައް ގުޅިފައިވާ ދުވަހަކީ ކޮބައިހެއްޔެވެ؟ 

ދެ ސުވާލަކީ ދާދި މާނައެއް ދޭހަވާ 2 ސުވާލެވެ. އެހެންކަމުން އަހުރެންގެ ވިސްނުމުން އަހުރެންގެ ބަސްބުނާނަމެވެ. 

އަހުރެންނަށް އެންމެ ބޮޑަށް ހަނދާން ކުރެވެނީ އަހުރެމެންގެ ލޮބުވެތި ރަސޫލް މުޙައްމަދު ޞައްލﷲ ޢަލައިހި ވަސައްލަމަ ދުނިޔެ ދޫކުރެއްވެވި ދުވަހެވެ. ސަބަބުވެސް މިކިޔައިދެނީއެވެ. 

އަހުރެމެން ކޮންމެ މީހަކުވެސް މިއުޅެނީ ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ދުނިޔޭގައި ހުރެވޭ ވަޤުތު އިތުރުކޮށްލެވޭތޯއެވެ. އަހުރެމެންގެ ލޮބުވެތި ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދުވަހަކުވެސް އަވަހާރަވެވަޑަނުގަންނަވައި ދުނިޔޭގައި ދާއިމަށް ހުންނެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އިތުރު ޞާހިބާ އަހުރެމެންގެ ލޮބުވެތި ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޚްތިޔާރުކުރެއްވެވީ ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގަތުމެވެ. ކޮންފަދަ މަތިވެރި ނިންމެވުމެއް ހެއްޔެވެ؟ 

އެދުވަސް މުހިންމުވަނީ އެދުވަހަކީ ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ ފަހުގެ ރަސޫލާ، އަހުރެމެންގެ ލޮބުވެތި ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެ ދޫކުރެއްވެވި ދުވަސްކަމުގައިވީތީއެވެ. އަހުރެމެންގެ ލޮބުވެތި ރަސޫލް މުޙައްމަދު ޞައްލﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގެ ބިމުގައި ހޭދަކުރެއްވެވި އެންމެ ފަހު ދުވަސްކަމުގައިވާތީއެވެ. 

ދެން އޮތީ އަހުރެންގެ އުންމީދުތަކެވެ. އަހުރެންގެ ހުރިހާވެސް އުންމީދަކީ އަހުރެންނާއި އަހުރެމެންގެ ލޮބުވެތި ރަސޫލް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބައްދަލުވެވުމެވެ. އިތުރު ސާޙިބާގެ ފެންއާރުން އިތުރުޞާޙިބާގެ އަތްޕުޅުން ފެންބޯން ލިބޭ އަޅަކު ކަމުގައި ލެއްވެވުމެވެ. 

އަހުރެން އިސްލާމްވުމަށްފަހު އަހުރެންގެ ހުރިހާވެސް އުންމީދަކީ އެއީއެވެ. ކުރެވުނު އެންމެ ބޮޑަކަށް މަސައްކަތްމިކުރަނީ އެކަމަށެވެ. އެކަމަށް އެދިގެންނެވެ. އެކަން ޙާޞިލުކުރެވެން އޮތީ އަހުރެންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައިގެންނެވެ. އަހުރެން ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައިގެންނެވެ. އެހެންވެ އެންމެ ބޮޑަސް ސަމާލުކަން މިދެނީ އެކަންކަމަށެވެ. 

މިއީ އެމެރިކާގައި އަލަށް އިސްލާމްވި އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. ސުވާލަކީ އަލަށް އިސްލާމްވި އަންހެނެއްގެ އިޙްޞާޞްތައް މިފަދައިން ހުރިއިރު އަހުރެމްނެނަށް މިތެވެނީ ކޮންފަދަ ޙާލަެއްގައި ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން