"ދަރިވަރުންނަށް އުނގަންނައިދިނުމަށް އަންނަ ފަރާތަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް ނަމޫނާ އަކަށްވާންޖެހޭ ބައެކެވެ.
އެހެންކަމުން, ހުރިހާ ޓީޗަރުންނަކީ އަދި ހުރިހާ ދަރިވަރުންގެ މަންމަ ކަމުގައި ދަޢްވާކުރާ ފަރާތަކީ އިސްލާމީ ގިޔުގަނޑަށް ފެތޭގޮތަށް ހެދުން އަޅައިގެން ތިބޭ ބަޔަކުކަމުގައި ވާންޖެހެއެވެ.
އެކަމަށް ނުކުޅެދޭނަމަ، ކުޅެދޭ ފަރާތަކާއި ޙަވާލުކޮށްފައި އެއްފަރާތަށް ޖެހިވަޑައިގަތުމަކީ އަންނަން އޮތް ޖީލުތަކުގެ މުސްތަޤްބަލަށްޓަކައި ކުރަންޖެހޭ ކަމެކެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިފަދަ ކަންކަމަށް ޑރ. އިޔާޟް އާއި ދީނީ ޢިލްމުވެރިން ގެންދަވަނީ އެކި ސިފަސިފައިގަ އިލްތިމާސްކުރައްވައި ނަޞޭޙަތްތެރިވެލައްވަމުންނެވެ. މިސަރުކާރުގެ ސިޔާސަތުން މަނާ ކުރަނީ ނިވާކުރުމެވެ. ހާމަކުރުން އޮތީ އެމީހަކަށް ކެރޭ ވަރަކަށް ދޫކޮށްލައިފައެވެ. އެހެންވެ ސަރުކާރުގެ މިނިސްޓްރީތަކުގައި މިހާރު އަންހެނުން ކޮނޑުކެނޑިލައިގެންވެސް މަސައްކަތްކުރާތަން ފެނެއެވެ.
ދަރިވަރުންނަށް އުނގަންނައިދިނުމަށް އަންނަ ފަރާތަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް ނަމޫނާ އަކަށްވާންޖެހޭ ބަޔެއް. އެހެންކަމުން, ހުރިހާ ޓީޗަރުންނަކީ އަދި ހުރިހާ ދަރިވަރުންގެ މަންމަ ކަމުގައި ދަޢްވާކުރާ ފަރާތަކީ އިސްލާމީ ގިޔުގަނޑަށް ފެތޭގޮތަށް ހެދުން އަޅައިގެން ތިބޭ ބަޔަކުކަމުގައި…
— Dr.Mohamed Iyaz (@dr_iyaz) July 28, 2023