ކަންކަން އިޞްލާޙްކުރުމަށްޓަކާ ލާޒިމުވާ 2 ކަންތައް-: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކަންކަން އިޞްލާޙްކުރުމަށްޓަކާ ލާޒިމުވާ 2 ކަންތައް-: ޑރ. ޢަލީ ޒާހިރު

އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރެއިން އެންމެ ބާރަށް އިވޭ އެއްއަޑަކީ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރެވޭވާހަކައާއި އެކަމަސް ކުރެވޭ މަސައްކަތުން ނަތީޖާއެއް ނުނުކުންނަ ވާހަކައެވެ. އެހިށާބުން އެންމެ ގިނައިން ކަންކަން އަޅުވާނީ ފަހުޒަމާނުގެ ބޮލުގައެވެ. އެހިސާބުން އެންމެ ފަހު ސިއްކަ ޖެހުނީކަމަށް ބަލައެވެ. 

މިކަމަށް ވަރަށް ރަނގަޅު ބަސްފުޅެއް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވަނީ ވިދާޅުވެފައެވެ. 

"ކަންކަން އިޞްލާޙްކުރުމަށްޓަކައި 2 ކަމެއް ލާޒިމުވެގެންވެއެވެ. އެއީ އިޞްލާޙް ކުރުމުގައި ތެދުވެރި ނިޔަތް އޮތުމާއި އެކަމެއް އިޞްލާޙްކުރަން އޮންނަ ގޮތަށް އިޞްލާޙްކުރަން އުޅުމެވެ. މިއިން ކަމެއް އުނިވެއްޖެ ނަމަ އިޞްލާޙްކުރުމުގެ ބަދަލުގައި ވާނީ ފަސާދައެވެ."

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް 

އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ ފަސާދަވުން އިތުރުވަމުން އަންނަތަނެވެ. މުޖުތަމަޢުވެސް އަދި އަމިއްލަ ގޭތެރެވެސްމެއެވެ. އެހެންކަމުން ޑޜ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ މި އަގުހުރި ބަސްފުޅުން ޢިބްރަތް ޙާޞިލްކުރުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން