ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ސިރާޠުމަގު ހުރަސްކުރެވުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ސިރާޠުމަގު ހުރަސްކުރެވުމެވެ!

ޞިރާޠު މަގު ހުރަސްކުރުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއްކަމަށް ދެކެގެން ނުވާނެއެވެ. އެއީ ކަނޑިއެއްގެ މިޔަމަތިން ދަތުރުކުރުން ފަދަ ކަމެކެވެ. އެއްބައަކު ވައިރޯޅިއެއްފަދައިން ހުރަސްކޮށްލާނެއެވެ. އަނެއްބައަކު ސވާރީގައި ހުރަސްކުރާފަދައިން ހުރަސްކުރާނެއެވެ. އަނެއް ބައަކު ވެއްޓެމުން ފުރޮޅެމުން ހުރަސްކުރާނެއެވެ.

އެއީ ކަޅުއަނދިރިކަން އިންތިހާއަށް ގަދަވެގެންވާނެ ދުވަހެވެ. ސިރާޠު މަގު ހުރަސްކުރެވޭނީ އެމީހަކަށް ދެއްވެވި އަލިކަމުގެ (ނޫރުގެ) އެހީގައެވެ. ބައެއް މީހުންނަށް ކުރެވިފައިވާ ހެޔޮކަންތައް މަދުވުމުން އަލި މަޑުވެ، ފަނޑުވެ ބައެއްފަހަރު ނިވިގެންދާތަންވެސް އަންނާނެއެވެ.

މީސްތަކުންނޭވެ! ޞިރާޠު މަގު ހުރަސްކުރުމުގެ ކަންކަމަކީ ކުޑަކަމެއް ކަމަށް ނުދެކޭށެވެ! އެކަމަށް ފުރިހަމައަށް ތައްޔާރުވާންޖެހޭނެއެވެ. އެކަމަސް ކުރަން އޮތްކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ވީހައި ގިނައިން ހެޔޮ ޢަމަލުކުރުމެވެ.

ނަރަކައަށް ނުވެއްޓި ޞިރާޠުމަގު ހުރަސްކުރެވޭ އަޅުންތެރޭގައި ހިމެނޭތޯ މަސައްކަތްކުރަންވާނެއެވެ. އެކަމަށް އެދި ދުޢާވެސް ކުރަންވާނެއެވެ. އަދި އެއީ އެންމެ މުހިންމު އެއް ދުޢާކަމުގައިވެސް ހަދަންވާނެއެވެ. އެހެނީ ޞިރާޠު މަގު ހުރަސް ނުކުރެވި ނަރަކައިން ސަލާމަތެއް ނުވެވޭނެއެވެ. ސުވަރުގެވެސް ނުވަދެވޭނެއެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން