ތަޤްވާވެރިކަމުގެ އެންމެ މަތިވެރިދަރަޖަ ލިބިގަތުމަކީ ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ތަޤްވާވެރިކަމުގެ އެންމެ މަތިވެރިދަރަޖަ ލިބިގަތުމަކީ ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެއް!

ތަޤްވާވެރިވާށޭ! ބުނުމުން އެއީ ހަމައެކަނި އަޅުކަންކުރުން ގިނަކުރުން ކަމަށް ދެކެގެން ނުވާނެއެވެ. ތަޤްވާވެރިކަމުގެ މާނައަކީ އެއަށްވުރެ މާބޮޑަށް ފުޅައުވެގެންވާ މާނައެކެވެ. އެކަން މި ބަޔާންކުރާ ކަންކަމުން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އިން ޝާ ﷲ

ތަޤްވާވެރިކަމުގެ އެންމެ މަތިވެރިދަރަޖައަކީ ހަމައެކަނި ގިނައިން އަޅުކަންކުރުމެއް ނޫނެވެ. ތަޤްވާވެރިކަމުގެ އެންމެ މަތީ ދަރަޖައަކީ ތިމާގެ ނަފްސް އެކަމެއް ކުރަން ބޭނުންވިނަމަވެސް ﷲ ތަޢާލާދެކެވާލޯބިން، އެކަލާނގެ ރުހިވޮޑިނުގަންނަވާނެ ކިތަންމެ ކުޑަ ޢަމަލެއްވެސް ކުރަން ބިރުވެތިވެ އަފަދަ އަމަލެއް ނުކުރުމެވެ.

ތަޤްވާވެރިންގެ ދެވަނަ ދަރަޖައަކީ ފާފައެއް ކުރެވުނު ނަމަވެސް އަވަހަށް ތައުބާވުމެވެ. އެކަމާއިމެދު ދެރަވެ ހިތާމަކުރުމެވެ.

ވީމާ ތިމާގެ ކިބައިގައި ތަޤްވާވެރިކަން ހުރިނަމަ މަސައްކަތްކުރަންވީ އެންމެ މަތީ ދަރަޖައަށް ވާޞިލުވުމަށެވެ. އެއީ ހަމަ އެންމެ ފާފައެއްވެސް ނުކުރުމެވެ. ފާފައެއް ކުރަން ހިތަށް އެރިނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަނުކުރުމެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ގެއްލިދާނެ ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް ނުކުރުމެވެ.

އުފާވެރި ޚަބަރަކީ ތަޤްވާވެރިއެއްގެ ގައިގައި ނަރަކައިގެ އަލިފާން ނުބީހޭނެކަމެވެ. މާނައަކީ ނަރަކައަށް ވަންނަން ނުޖެހޭނެ ކަމެވެ. ޞިރާޠުމަގު ހުރަސްކުރެވޭ މީހުންގެ ތެރޭގައި ހިމެނޭނެ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން