ތިމާގެ ޢަމަލުތަކާއިމެދު އެންމެ ފަހަރަކުނަމަވެސް މިފަދައިން ވިސްނައިލީމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ތިމާގެ ޢަމަލުތަކާއިމެދު އެންމެ ފަހަރަކުނަމަވެސް މިފަދައިން ވިސްނައިލީމުހެއްޔެވެ؟

މީހަކު އައިސް ގޭގެ ދޮރުގައި ޓަކިޖެހީއެވެ. ދޮރުހުޅުވިއިރު އަހުރެމްނެގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެހާލަތުގައި އިންތިހާއަށް އުފާނުވާނީ ކޮން މުސްލިމެއް ހެއްޔެވެ؟ މަރުޙަބާ ދަންނަވައި ގެއަށް އަވަހަށް ވަދެވަޑައިގަންނަވަން ދަންނަވަން ބޭނުން ނުވާނީ ކޮން މުސްލިމެއް ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ކޮންމެ މުސްލިމަކުވެސް އެކަންކަމަށް ބޭނުންވާނެއެވެ! 

އެހެންކަމާއިއެކުގައިވެސް ފުރަތަމަ ސުވާލަކީ ޓީވީން ފެންނަ މަންޒަރު ބަދަލުކޮށްނުލައި ނުވަތަ ޓީވީ ނިއްވާ ނުލައި ގެއަށް މަރުޙަބާކީދާނެ ހެއްޔެވެ؟ މައްސަލައެއް ނެތެވެ. މަރުޙަބާދެންނެވީއެވެ. ވަދެވަޑައިގެންނެވީއެވެ. 

ތިބާގެ ދަރިންގެ ޣާތުގައި އެކުދިން ތިބީ ނަމާދުކޮށްގެންތޯ؟ ތިބާ ތިއަހުރީ ނަމާދުކޮށްގެންތޯ ސުވާލުކުރައްވަވައިފިނަމަ ޖަވާބުގައި ޢާނއެކޭ ބުނެވޭނެ ހެއްޔެވެ؟ ތިބާއަށާއި ތިބާގެ ދަރިންނަށް ކީރިތި ޤުރްއާން އެނގޭ މިބްރާއި ކިޔަވާ މިންވަރާއިމެދު ސުވާލުކުރައްވަވައިފިނަމަ އުފާފުޅުވާނެ ފަދަ ޖަވާބެއް ދެވޭނެ ހެއްޔެވެ؟ 

މިހެންގޮސް ލިސްޓް ދިގުކުރެވިދާނެއެވެ. ސުވާލަކީ ތިމާގެ ދިރިއުޅުން މިއަދު ހުރީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހެއްޔެވެ؟ ދަރިން ތަރުބިއްޔަތުކުރަމުން ގެންދެވެނީ ﷲ ތަޢާލާ އެންގެވިގޮތަށް ހެއްޔެވެ؟ އަމިއްލަ ދިރިއުޅުމާއި ގޭތެރޭގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ﷲ ތަޢާލާ އެންގެވި ގޮތަށް ހެއްޔެވެ؟ 

ޖަވާބަކީ އާނއެކެވެ ކަމަށްވާނަމަ ކިތަންމެހައިވެސް ރަނގަޅެވެ. އެހެންކަމަށްނުވާނަމަ އިތުރަށް ވިސްނައިލާށެވެ! ކަންކަން އަވަހަށް އިޞްލާޙްކޮށްލާށެވެ! ފަށަމުން މިބަޔާންކުރި ފަަދ ސުވާލުތައް ކުރައްވަވަން މިދުނިޔޭގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެން ވަޑައެއް ނުގަންނަވާނެއެވެ! ނަމަވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާ މިފަދަ އެތައް ސުވާލުތަކެއް ކުރައްވަވާނެކަން އެނގެން އެބައޮތެވެ. ވީމާ ޖަވާބުދޭން ތައްޔާރަށް ހުރެވުނު މީހަކަށް ނޫނީ ސަލާމަތްކަމެއް ނުލިބޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން