ގިނަ ބައަކަށް ކަންބޮޑުވުން އިތުރުވެ ގިނަ ބަލިތައް ޖެހެނީ ދުނިޔޭގެ ކާމިޔާބީ އޮޅުވައިލެވޭތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ގިނަ ބައަކަށް ކަންބޮޑުވުން އިތުރުވެ ގިނަ ބަލިތައް ޖެހެނީ ދުނިޔޭގެ ކާމިޔާބީ އޮޅުވައިލެވޭތީ!: މުފްތީ މެންކް

ދުނިޔޭގެ ކާމިޔާބީގެ ވާހަކަ ދައްކައިފިނަމަ ގިނަ ބައެއްގެ ޚިޔާލަށް ފުރަތަމަވެސް އަންނާނީ މިލިއަނަރުންނާއި ބިލިއަނަރުން ދިރިއުޅޭ ފެންވަރުގައި ދިރިއުޅެވުމެވެ. އެއީވެސް ދުނިޔޭގެ ކާމިޔާބީއެކެވެ. ނަމަވެސް އެންމެ ބޮޑު ކާމިޔާބީއަކީ އަދި އެއީއެއް ނޫނެވެ! 

ސަބަބަކީ ދުނިޔޭގައި އެންމެ ބޮޑު ކަންބޮޑުވުމުގައި އުޅޭނީ ތަނަވަސް މީހުންނެވެ. ނަތީޖާއެއްގެ ގޮތުން ޅަ، ޒުވާން ޢުމުރުގައިވެސް ތަނަވަސް ގިނަ ބައަކަށް އުޅެންޖެހެނީ ކޮންމެވެސް ބަލިތަކެއްގައެވެ. ވިސްނަން ހަދައިގެން ލޭމައްޗަށްދާތީއެވެ. މާމީރުކޮށް އަދި ބޭނުންހައިވަރަކަށް ކާންލިބޭތީ އެހެން ކޮންމެވެސް އެއްޗެއް މާމައްޗަށް ގޮސްގެންނެވެ. 

އެހެންވެ ގިނަ ވާނީ ބޭހަކާއި ނުލައި ނުވަތަ ކޮންމެވެސް ކަމަކުން ސިކުނޑި ގޮއްވާނުލައި ނުވެސް ނިދޭމީހުންނެވެ. އެހެންކަމަށްވާއިރު ތަނަވަސްކަން އިތުރުވުމުން ލިބުނު ކާމިޔާބީއަކީ ކޮބައިހެއްޔެވެ؟ 

ދެނަ ބަލައިލަމާ ހިނގާށެވެ! 

ވަޤުތު ޖެހުމުގެ ކުރިން މިސްކިތައް އަރައި ތައްޔާރުވެލައިގެން ނަމާދުކުރާ މީހާ އޭނާގެ ހަށިފޮޅައިލާނެއެވެ! ﷲ ތަޢާލާއަށް ދަންނަވާނެތެވެ! "ޔާ ﷲ! މިއަޅާ މިހުރީ މިނަމާދަށްވެސް އައިހެވެ. މިއަޅާގެ އެދުމަކީ މިއަޅާކުރާ ނަމާދު ޤަބޫލުފުޅު ކުރެއްވެވުމެވެ. ދުނިޔެއިން މިއަޅާއަށް ދެއްވެވި މިންވަރަށް މިހުރީ ފުދިގެންނެވެ. ޔާ ﷲ! މިއަޅާގެ ދުނިޔެއަށްވުރެ މިއަޅާގެ އާޚިރަތް ބާއްޖަވެރިކުރައްވަވައި ދެއްވަވާނދޭވެ!" 

މިފަދައިން ދަންނަވާ މީހުން ތިބޭނީ އުފަލުންނެވެ! ހިތްހަމަޖެހިގެންނެވެ. ބަލިތައް ޖެހުންވެސް މަދުވާނެއެވެ. ބޭހެއް ނުވަތަ އެހެންވެސް އެއްޗެއްގެ ބޭނުން ނުކޮށް ނިދައިވެސްލެވޭނެއެވެ. 

ދެން ނިކަން ބުނެބަލާށެވެ! ދުނިޔޭގެ ކާމިޔާބީ އަކީ ކޮބައިހެއްޔެވެ؟ އުފާވެރިކަމުގައި ތިބެވެނީ ކޮންބައަކަށް ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން