ފަހުން ކުރަން ނިންމައިގެން ހުންނަ ކަމެއް ކުރިން ކުރެވޭނެ މަގު ފެނިއްޖެނަމަ ބަލައިގަންނާށެވެ! އެއީ ﷲ ތަޢާލާގެ ރަޙްމަތެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ފަހުން ކުރަން ނިންމައިގެން ހުންނަ ކަމެއް ކުރިން ކުރެވޭނެ މަގު ފެނިއްޖެނަމަ ބަލައިގަންނާށެވެ! އެއީ ﷲ ތަޢާލާގެ ރަޙްމަތެކެވެ!: މުފްތީ މެންކް

އަހުރެމެންގެ ތެރެއިން ބައެއް މީހުންނަކީ ކަންކަން ދުރާލައި ރާވައިގެން ކުރަންބޭނުންވާ ބައެކެވެ. އެކަމަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ނޫނީ ކުރަން ބޭނުންވާ ބައެއް ނޫނެވެ. އެއީވެސް ހަމަ ވަރަށް ރަނގަޅު ގޮތެކެވެ. ގިނަ ފަހަރު ކަންކަން ކާމިޔާބުކުރެވޭނީ ދުރާލައި ރާވައި ތައްޔާރުވެގެން އެކަމެއް ކުރުމުންނެވެ. 

އެހެންނަމަވެސް، އެގޮތަށް މަސައްކަތްކުރަމުން އަންނައިރުވެސް ތިބާ ކުރަންބޭނުންވެގެން އުޅޭ ކަންތައް. ހަމަ ތިބާ ބޭނުންވާ ގޮތަށް ވަރަށް ފަސޭހައިން ކުރެވޭނެ ގޮތް މެދުވެރިވެދާނެއެވެ. އެކަމުގެ ކުޑަ މިޘާލެއް ބުނެފާނަމެވެ. 

މީހަކު ކައިވެނިކުރަން ނިންމައިގެންހުރީ ޔުނިވަރސިޓީ ނިންމައި، ވަޒީފާލިބި، މުސާރަލިބެން ފަށައި ހަމަޖެހިލެވުމުންނެވެ. އެކަމަކު ޔުނިވަރސިޓީގައި ކިޔަވަމުން ދަނިކޮށް އެމީހާ ކައިވެނިކުރަން ބޭނުންވެގެން ހުރި ފަދަ އަންހެނަކާއި ކައިވެނިކުރެވޭނެ ގޮތް މެދުވެރިވީއެވެ. އެޙާލަތުގައި އޮތީ އަވަހަށް ކައިވެނިކުރުމެވެ. އެހެނީ އެއީ ﷲ ތަޢާލާ އެމީހަކަށް ލެއްވެވި ވަރަށް ބޮޑު ރަހްމަތެކެވެ. ވީމާ ލިބިނުގަނެ ދޫކޮށްލައިގެން ނުވާނެއެވެ. 

އަހުރެންނަކީވެސް ދިރިއުލެމުން އަންނަ މީހަކީމެވެ. ދަރިންތަކެއްގެ ބައްޕައަކީމެވެ. މިވާހަކަ މިބުނީ އަހުރެންގެ އަމިއްލަ ވިސްނުމާއި ތަޖުރިބާއިންނެވެ. މިބުނިފަދަ ޙާލަތުގައި އެމީހަކަށް ދެއްވެވި ފުރުޞަތުގެ ބޭނުން ނުހިފައިފިނަމަ ހިތާމަކުރަން ޖެހުން އޮންނަނީ ގާތުގައިކަން ގިނަބައެއްގެ ތަޖުރިބާއިން އެނގިފައިވާތީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން