މީހަކު މަރުވުމުން ބާއްވާ ޖަނާޒާގަ އަންހެނުންނަށް ބައިވެރިނުވެވުނަސް ކުރަންޖެހޭ ކަންކަން ވަރަށް ގިނަ-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މީހަކު މަރުވުމުން ބާއްވާ ޖަނާޒާގަ އަންހެނުންނަށް ބައިވެރިނުވެވުނަސް ކުރަންޖެހޭ ކަންކަން ވަރަށް ގިނަ-!: މުފްތީ މެންކް

މީހަކު މަރުވެގެން ވަޅުލަން ބާއްވާ ޖަނާޒާގައި ބައިވެރިވެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމަށް އޮތުމަކީ އެކަމުގައި ހިތާމައިގައި އަންހެނުން ބައިވެރިނުވެ ދުރުގައި ތިބުމެއް ނޫނެވެ. 

މަރުވި މީޙާއަށްޓަކައި ހެޔޮ ދުޢާކުރާށެވެ! މަރުވި މީހާގެ ޢާއިލާއަށް ޒިޔާރަތްކުރާށެވެ. އެމީހުންގެ ހިތާމައިގައި ބައިވެރިވާށެވެ. އެމީހުންގެ ހިތަށް ހަމަޖެހުން ގެނެސްދޭން މަސައްކަތްކުރާށެވެ. ފޯރުކޮށްދެވެން އެހީތެރިކަމެއް ފޯރުކޮށްދޭށެވެ. 

މުސްލިމަކަށް ހިތްދަތި ކަމެއް ކުރިމަތިވުމުން އެކަމުގެ ހިތާމައިގައި ބައިވެރިވެ ހެޔޮދުޢާކޮށް އަދި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ މުސްލިމަކުވެސް އަނެއް މުސްލިމަކަށް ޓަކައި އަދި އިންސާނިއްޔަތަށްޓަކައިވެސް އަދާކުރަންޖެހޭ މަތިވެރި ވާޖިބެކެވެ. ހަމަ އެފަދައިން މުސްލިމަކަށް އުފާވެރިކަމެއް ލިބޭހިނދު އެކަމަށް އުފާކޮށް އޭނާއަށް ލިބުނު އުފާވެރިކަމުގައި ބައިވެރިވުމަކީވެސް ވާޖިބެކެވެ. 

އެކަންކަން ކުރުމަކީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަންކަމެވެ. އިން ޝާ ﷲ 

ހަނދާންކުރާށެވެ! މުސްލިމް އަޚަކަށް ހިތާމައެއް ލިބުމުން ތިބާއަށް ހިތްހަމަޖެހުން ލިބޭނަމަ، އެކަމުން ތިބާގެ ހިތަށް އަސަރުނުކުރާނަމަ ތިބާގެ ކިބައިގައި ވަރަށް ބޮޑު އުނިކަމެއް އެބަވެއެވެ. އަވަހަށް އެކަންކަން އިޞްލާޙްކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން