ޢަޛާބު ލިބުމާއިމެދު ހެޔޮވިސްނުމަކުން ވިސްނައިފިނަމަ ކަރުނަ އަޅަންޖެހޭނެ!: ޝައިޚް ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޢަޛާބު ލިބުމާއިމެދު ހެޔޮވިސްނުމަކުން ވިސްނައިފިނަމަ ކަރުނަ އަޅަންޖެހޭނެ!: ޝައިޚް ހޮބްލޮސް

މިއަދު ދުނިޔޭފގައި މީހުން އުޅޭ ޙާލަތަށް ބަލައިފިނަމަ ދެމަފިރިންވެސް އެކަކު އަނެކަކަށް ކަންކަން ކޮށްދެނީ މިނެކިރައިގެންނެވެ. މިންއަޅައިގެންނެވެ. އަނެކާ ކޮށްދޭ މިންވަރަށެވެ. ދެން އެހެންކަމަށްވާއިރު އެހެން މީހުންގެ ޙާލަތު ހުންނާނެ ގޮތަށް ނިކަން ވިސްނައިލަބަލާށެވެ!  

އެހެން ނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަން ދެކިބަލާށެވެ! ﷲ ތަޢާލާ އާއި ކުއްތަންވުމަށް އަހުރެން މަސައްކަތް ކުރާނަމަ މާބޮޑަށް އެކަލާނގެ އަހުރެމެންނާއި ކުއްތަންވެވޮޑިގަންނަވައެވެ. ﷲ ތަޢާލާ އަހުރެމެންނަށް އަންގަވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ކުރާކަށް ނޫނެވެ. އެމީހަކަސް ކުރެވުނުހައި ރަނގަޅަކަށް ކުރުމަށެވެ. ވީމާ އަހުރެމެންނަށް މިއޮތީ ހަމަ އެންމެ ކަމެކެވެ. ކުރާ ކަންކަން ވީހައި ރަނގަޅަށް ކުރަން މަސައްކަތްކުރުމެވެ. 

މިޘާލަކަށް އަހުރެމެން ﷲ ތަޢާލާ އާއި ކުއްތަންވާން ކައިވަތަކަށް ހިނގައިފިނަމަ ﷲ ތަޢާލާ އަހުރެމެންނާއި ބަމައަކަށް ކުއްތަންވެވޮޑިގަންނަވަތެވެ. އަހަރެމެން ހިނގާފައި ﷲ ތަޢާލާގެ ޙަޟްރަތަށްދާން މަސައްކަތްކުރާނަމަ ﷲ ތަޢާލާ އަހުރެމެންނާއި ދިމާއަށް ދުވެވޮޑިގަންނަވައެވެ.  

މިކަންކަން ނުއެނގޭނެ މުސްލިމަކު ނުހުންނާނެއެވެ. އެކަމަކުވެސް މިކަންކަން ހާމަމިކުރީ ބައެއް މީހުންގެ ހިތުގައި އުފެދޭ ޝައްކެއް އޮޅުންފިލުވައިދިނުމުގެ ގޮތުންނެވެ. އެއީ ﷲ ތަޢާލާ އަހުރެމެންނަށް ޢަޛާބު ދެއްވަވަނީކަމާއިމެދު އަރާ އޮޅުމެވެ. މީސްތަކުންނޭވެ! ނިކަން ބުނެބަލާށެވެ! މިބަޔާންކުރި ފަދަ ދީލަތިވަންތަ ﷲ ތަޢާލާ އަހުރެމެންނަށް (އެކަލާނގެ ދެއްވަވަން ބޭނުންފުޅުވެވޮޑިގެން) ޢަޛާބު ދެއްވަވާނެ ހެއްޔެވެ؟  

މިވާގޮތަކީ އަހުރެމެން އަމިއްލައަށް ޢަޛާބު ޙައްޤުވެގަންނަނީއެވެ. ޢަޛާބު ލިބިގަންނަނީއެވެ. އަމިއްލައަށް ލިބިގަތީމާ ﷲ ތަޢާލާ ދެއްވަވަނީއެވެ. ވީމާ ﷲ ތަޢާލާ އަހުރެމެންނަށް ޢަޛާބު ދެއްވެވުމުގެ މާނަ އޮޅުވައިނުލާށެވެ! އެމީހަކު އަމިއްލައަށް ބޭނުންވި އެއްޗެއް ނުވަތަ ލިބިގަތް އެއްޗެއް އެމީހަކަށް ދެއްވެވުމުން އެއީ ﷲ ތަޢާލާ ދެއްވެވި އެއްޗެއް ކަމަކަށް ނުބުނެވޭނެ ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ!  މިކަންކަމަށް ފުންކޮށް ވިސްނައިފި މީހަކަށް ގިސްލައި ރޮވޭނެއެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އަހުރެމެންގެ ހުރި ނުކިޔަމަންތެރިކަމަށް ވިސްނައިލެވުމުންނެވެ. ޝުކުރުވެރިނުވެވޭކަށް ވިސްނައިލެވުމުންނެވެ. އަބަދުވެސް ބުނާ ފަދައިން ޙާލަތު ބަދަލުކުރެވޭނީ ހަމަ އެމީހެއްގެ ޙާލަތު އެމީހަކު ބަދަލުކުރުމުންނެވެ.  

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން 

މިއަދު އޮންލައިން