އަނބިމީހާއާމެދު ފަހުން ޝަކުވާކުރުމުގެ ބޭނުމެއް ނެތް! ހަމައެކަނި ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރަނީ ވަފާތެރިކަމެއް ނެތް އަންހެނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
އަނބިމީހާއާމެދު ފަހުން ޝަކުވާކުރުމުގެ ބޭނުމެއް ނެތް! ހަމައެކަނި ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރަނީ ވަފާތެރިކަމެއް ނެތް އަންހެނުން!

ފައިސާއަށް ދަހިވެތިވާ ނުވަތަ ހުރިހާ ސަމާލުކަމެއް ފައިސާއަށް ދޭ އަންހެނުން އުޅެއެވެ. އެކަން ޤަބޫލުކުރަމެވެ. ފިރިއެއްގެ ކިބައިން ޙާޞިލްކުރަން އެންމެ ބޮޑަށް ބޭނުންވާނެ ކަންކަން ޙާޞިލުނުކުރެވޭނެކަން އެނގިހުރެވެސް ފިހެންމީހާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ކައިވެނިކުރަނީ އޭނާގެ ފައިސާއަށް ބޭނުންވެގެންނެވެ. 

ވީމާ އެކަމަށް ދެކޮޅު ހަދާކަށް ނެތީމެވެ. ނަމަވެސް އެއީ އެމީހުންގެ ކިބައިގައި ވަފާތެރިކަމެއް ނެތް އަންހެނުންނެވެ. ތެދުވެރި، ވަފާތެރި އަންހެނުން ބަލާނީ ހަމައެކަނި ތަނަވަސްކަމަކަށް ނޫނެވެ. އެމީހުންނަށް ޢިއްފަތްތެރިކަމާއިއެކު ދިރިއުޅެވޭނެ ގޮތަށްވެސް ބަލާނެއެވެ. 

މިބާވަތުގެ ކައިވެނިތަކުގައި ކުށްވެރިކުރަންވީ ހަމައެކަނި އަންހެނުންނެއްވެސް ނޫނެވެ. ކައިވެނިކުރާ މީހާއަށްވެސް އެކަން ރަނގަޅަށް އެނގޭނެއެވެ. އޭނާ ކައިވެނިކުރަނީ އެކަން ރަނގަޅަށް އެނގިހުރެއެވެ. ވީމާ ކައިވެނިކުރުމަށްފަހު އަނބިމީހާ ބޭވަގާތެރިވާކަމުގެ ޝަކުވާ ކުރާނެ ޖާގައެއްވެސް ނެތެވެ. 

ތަނަވަސް ދިރިއުޅުމަކަށް ލޯބިކުރާ އަނހެނުން ގިނަވާނެއެވެ. ނަމަވެސް ރަނގަޅު އަންހެނަކު ނަމަ ކައިވެނިކުރާއިރު ބަލާނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ. އޭނާގެ އަޚްލާޤަށާއި ސިފައަށާއި އޭނާގެ މިޒާޖަސްވެސް ބަލާނެއެވެ. އަދި ކައިވެނިކޮށްގެން ދެން ބޭނުންވާނެ ކަންކަމަށްވެސް ބަލާނެއެވެ. ޖުމުލަކޮށްލާފައި ބުނާނަމަ ކާމިޔާބު ކައިވެންޏެއް މިހުރިހާ ކަންކަމާއިވެސް އޮންނާނީ ގުޅިލާމެހިފައެވެ. 

ކައިވެންޏަސްފަހުގައިވެސް ތިމަންނާ މިވެނި އެވަނި ކަންކަމެއް ބޭނުން ނޫނޭ ބުނެފާނެއެވެ. ނަމަވެސް އެއީ ރަނގަޅުވާހަކައެއް ނޫނެވެ. އިންސާނާގެ ހަށިގަނޑު އެދޭކަންކަމާއި ދުރުހެލިވެގެން ހުރެވޭނީ ކިތައް ދުވަހު ހެއްޔެވެ؟ މުޅި ޢުމުރުގައި އެގޮތަށް ކެތްކޮސްގެން ހުރެވޭނީ ކާކަސް ހެއްޔެވެ؟ އެފަދަ ކެތްތެރި މީހުން ތިބޭނެކަމަށް އަހުރެން ޤަބޫލެއް ނުކުރާނަމެވެ. 

ވީމާ ކައިވެންޏެއް ކުރާއިރު މިބުނި ކަންކަމަށް ސަމާލުކަން ދިނުމަކީ ފިރިހެނުން ކުރަންޖެހޭނެ ކަމެކެވެ. އަތުގައި ފައިސާހުރިނަމަ ވަށައިގެން އެނބުރޭނެ ކިތަންމެ އަންހެނުންވެސް ލިބިދާނެއެވެ. ވިސްނަންވީ އެމީހުންނަކީ ކައިވެނިކޮށްގެން ކައިވެނީގެ މަޤްޞަދު ޙާލުކުރަން މަސައްކަތްކުރާނެ ބައެއް ނޫންކަމެވެ. އެމީހުން ކައިވެނި އެކުރަނީ މީހާއަކާއެއް ނޫނެވެ. ފައިސާއާއިއެވެ. 

އަހުރެންނަކީ ކައިވެނީގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ކައުންސެލިންގދޭ އަންހެނަކީމެވެ. އަހުރެން މިވާހަކަތައް މިދައްކަނީ މައްސަލަ ޖެހިގެން އަންނަ މީހުން އަމިއްލައަށް ކިޔައިދޭ ވާހަކަތަކަށް ބަލައިގެންނެވެ. އަހުރެންގެ އަމިއްލަ ވިސްނުމަކުން ނޫނެވެ. އެބުނަނީ ތެދުކަން އަހުރެންނަށްވެސް ޤަބޫލުކުރެވޭތީއެވެ.  

އަހުރެން ބުނާނީ ކައުންސެލިން ހޯދަން މަސައްކަތްކުރަންވީ ކައިވެނިކޮށް ފޭލްވުމަކުން ނޫނެވެ. ކައިވެނިކުރުމުގެ ކުރިންނެވެ. ޚާއްޞަކޮށް ޢުމުރުގެ ތަފާތު ބޮޑުކޮށް ކައިވެނިކުރާނަމަ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ.

މިއީ އަޅުގަނޑު ހަމަ އަންހެނެއްގެ ކިބައިން އަޑުއަހާފައިވާ ވާހަކަތަކެކެކެވެ. އޭނާ ފަދައިން އަޅުގަނޑަށްވެސް މިއީ ތެދުކަން ޤަބޫލުކުރެވޭތީ ހާމަކޮށްލީއެވެ. 

- އަލަފް  

މިއަދު އޮންލައިން