މަރުވާނެތީ ކަންބޮޑުވެވޭނަމަ ދެކޮޅު އެހެދެނީ ލިބެންއޮތް އެންމެ ބޮޑު ނިޢުމަތަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މަރުވާނެތީ ކަންބޮޑުވެވޭނަމަ ދެކޮޅު އެހެދެނީ ލިބެންއޮތް އެންމެ ބޮޑު ނިޢުމަތަށް!: މުފްތީ މެންކް

މިހެން ބުނުމުން ބައެއް މީހުން ރުޅިވެސް އައުދެއެވެ. އެއީ އެމީހާ އެންމެ ނޭދޭކަންތައް އެމީހަކަށް މެދުވެރިވުމަކީ ރަޙްމަތެއްކަމަށް ބުނާތީއެވެ! އެކަމަކު ބުނެވޭނީ ކަންތައް އޮތް ގޮތަށް ނޫންހެއްޔެވެ؟ 

ވިސްނާށެވެ! އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ މަރުވާނެ ކަމާއިމެދު ކަންބޮޑުވާ ބައެކެވެ. ނަމަވެސް މަރުވާނެ ކަމާއިމެދު ކަންބޮޑުވުމެއް ނެތެވެ. ޙަދީޘްފުޅުގައި އޮތީ މަރުވުމަކީ ނިޢްމަތެއް ކަމަށެވެ! 

މަރުވުމަކީ ނިޢްމަތަކަށްވެގެންދަނީ ދުނިޔޭގައި ހުރެ ތިމާ ކުރި މަސައްކަތުގެ ނަތީޖާފެނި އެކަމުގެ އަރާމާއި އުފާ އެމީހަކަށް ލިބިގެންދާނީ އެމީހަކު މަރުވުމުން ކަމުގައިވާތީއެވެ. ވީމާ މަރުވާނެތީ ކަންބޮޑުނުވެ އުފާކުރާށެވެ! 

އަހަރެމެންގެ ނުވަތަ ގެންގުޅޭ ޑީވައިސްތަކުގައި ހުންނަ އެހެން މީހަކަށް ފެންނަން ބޭނުންނުވާ ތަކެތި މިގެންދަނީ ވަގުތުން ޑިލީޓްކުރަމުންނެވެ. އެކަމަށް އަވަސްވެގަންނަމުއެވެ. ވީމާ އެކަމަށް އަވަސްވެގަންނަފަދައިން ތިމާގެ ކިބައިގައި ހުރި ޑިލީޓްކުރަންޖެހޭ ކަންކަން އަވަހަށް ޑިލީޓްކޮށްލާށެވެ! ޤިޔާމަތް ދުވަހު އެކަންކަމާއި ކުރިމަތިލާން ނުޖެހޭނީ އެއިރުންނެވެ. 

ޢަމަލުތައް ޑިލީޓްކުރުމަކީ ކުރެވޭ ފާފަތަކަށް ތައުބާވުމެވެ. އިޚްލާޞްތެރިކަމާއިއެކު، އެކަމުގެ ޝަރުޠުތައް ފުރިހަމަކޮށް ތައުބާވުމުން އެހިސާބުން އެފާފަތައް ޑިލީޓްކުރައްވަވާނެތެވެ. ތިބާގެ ފަތުން އެކަންކަން ފުހެވިގެންދާނެތެވެ.

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން