ނަރަކައިން ސަލާމަތްވުމަށް އެދޭމީހާ އޭނާއަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބު މެދުވެރިވާ ގޮތާ ލޮލާއި ހުރި ގުޅުމަށް ވިސްނައިބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ނަރަކައިން ސަލާމަތްވުމަށް އެދޭމީހާ އޭނާއަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބު މެދުވެރިވާ ގޮތާ  ލޮލާއި ހުރި ގުޅުމަށް ވިސްނައިބަލަ!

"ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.”

"އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ."

(އަލް ޢަލަޤް: 15، 16) 

ނާރުތަކާއިބެހޭ ޑޮކްޓަރަބުނެފައިވެއެވެ. "މި2 އާޔަތުގައި މިފަދައިން ވަޙީކުރައްވަވާފައިވާ ސަބަބާއިމެދު ފުންކޮށްވިސްނައިލާށެވެ. މީހާގެ ދެލޯ ވަނީ ނިއްކުރިއާއި ގުޅިފައެވެ. އަދި ސިކުނޑިވެސް ވަނީ ގުޅިފައެވެ. ވީމާ މީހާ ކުރާ ޢަމަލުތައްކުރުން އެވަނީ ކޮންމެވެސް ސިފައަކަށް ނިތްކުރިއާއި ގުޅިފައެވެ." 

މީހުން ކަންކަން ކުރަން ޝައުޤުވެރިވާ އެންމެ ޢާންމު ސަބަބަކީ ކަންކަން ލޮލަށް ފެނުމެވެ. ލޮލަށް ފެނުމުން އެ މެސެޖް ހިތަށް ފޮނުވައިދެވެއެވެ. ހިތް ހަމަ އެމެސެޖް ސިކުނޑިއަށް ފޮނުވައިދެއެވެ. ސިކުނޑި އެމެސެޖް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފޮނުވައިދެއެވެ.

ވީމާ ޢަމަލެއް ކުރެވެނީ މިބަޔާންކުރި އުޞޫލުގެ ތެރެއިންނެވެ. ޢަމަލުތައް ކުރަނީ އަތުން ނަމަވެސް އަތަކީ ކުރަންވީ ކަންކަން ދެނެގަނެވޭ ގުނަވަނެއް ނޫނެވެ. އެކަމެއް ކުރުމަށް އަތް ޝައުޤުވެރިވަނީ ތިމާގެ ސިކުނޑިން އެ މެސެޖް އަތަށް ދިނުމުންނެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާ އަހަރެމެންގެ ގުނަވަންތައް ލައްވަވާފައި މިވަނީ ގުޅި ލާމެހިގެންދާ ގޮތުގައެވެ. ޙަދީޘްފުޅުގައިވާފަދައިން އެއިގެ ތެރެއިން އެންމެ މުހިންމު ގުނަވަނަކީ ހިތެވެ. ހިތްޠޯހިރުކޮށްފި މީހާގެ ވިސްނުން ޠީހިރުވެގެންދާނެއެވެ. ވިސްނުން ޠޯހިރުވެގެންދިއުމުން ގުނަވަންތައް (ކުރާ ޢަމަލުތައް) ޠޯހިރުވެގެންދާނެއެވެ.

މަސައްކަތްކުރަންވީ ތިމާއަކީ މި އާޔަތުގައިވާފަދައިން ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާނެ މީހަކުކަމުގައި ނުވުމަށެވެ. މާނައަކީ ނަރަކައަށް ވަންނަންޖެހޭނެ މީހަކުކަމުގައި ނުވުމެވެ.

މިބަޔާންކުރި ކަންކަމުގެ އަލީގައި އެކަމަށް މުހިންމު ދައުރެއް އަދާކުރާނެ ގުނަވަނަކީ އޭނާގެ ލޮލެވެ. ބެލުންތައް ތިރިކޮށް ބެލުންތަކަށް ރައްކައުތެރިވާންޖެހޭ ސަބަބަކީ އެއީއެވެ. އެކަމުގެ ސަބަބުން ހިތް ޠޯހިރުކަންމަތީގައި ބާއްވަން އެހީތެރިކަން ލިބިގެންދާތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން