ތަނަވަސްކަމާ ރަނގަޅު ގޮތް ލިބުމަށް އެދޭނަމަ ސުންނަތުން ދަސްކުރަން ޖެހޭ އެންމެ މުހިންމު ފިލާވަޅު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ތަނަވަސްކަމާ ރަނގަޅު ގޮތް ލިބުމަށް އެދޭނަމަ ސުންނަތުން ދަސްކުރަން ޖެހޭ އެންމެ މުހިންމު ފިލާވަޅު-: މުފްތީ މެންކް

ދުނިޔެއަށް ފޮނުއްވެވުނު އަދި ފޮނުއްވަވާނެ އެންމެހައި މީސްތަކުންގެ ތެރެއިން، އަދި އެންމެހައި ރަސޫލް ބޭކަލުންގެ ތެރެއިންވެސް އެންމެ މަތިވެރިކަން ބޮޑު ބޭކަލަކީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަކަމަށް އަހުރެމެން ހުރިހާ މުސްލިމުން އެއްބަސްވަމުއެވެ. އެކަމުގައި ދެބަސްވުމެއް، ޚިޔާލުތަފާތުވުމެއް މުސްލިމުންގެ މެދަކު ނެތެވެ. 

އެކަމަކު އަހުރެމެންނަށް އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސިޔަރަތުން ދަސްވެގެން މިއުޅެނީ ކޮންކަމެއް ހެއްޔެވެ؟ ޢަމަލުކުރެވެނީ ކޮންކަމަކަށް ހެއްޔެވެ؟ 

މުސްލިމުންގެ ގިނަ ބައަކުވެސް މިއަދު ކަންބޮޑުވަނީ ކާފިރުން ރުހޭ ގޮތަށް ދީލާނުލައިފިނަމަ އެމީހުން އަޅައިފާނެ ދަތިކުރުމުގެ ފިޔަވަޅަކަށެވެ. ރިޒުޤް ދަތިވެދާނެތީއެވެ. ތަނަވަސްކަން ކުޑަވެދާނެތީއެވެ. އެހެންވެ އީމާންކަން ހުރި މިންވަރާއިމެދު ސުވާލުކުރުން ބާއްވާފައި މިކުރާ ސުވާލަށް ނިކަން ޖަވާބުދީބަލާށެވެ. 

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާގައި ހޭދަކުރެއްވި މުއްދަތުގައި މުޝްރިކުން މުސްލިމުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް ނުއަޅަނީހެއްޔެވެ؟ އެކަހެރިނުކުރަނީހެއްޔެވެ؟ ކެއިންބުއިމަށް ދަތިނުކުރަނީހެއްޔެވެ؟ ހައިހޫނުކަމުގައި ތިބެން މުސްލިމުންނަށް ނުޖެހެނީހެއްޔެވެ؟ 

ދެން އޮތް ސުވާލަކީ އެކަންކަން ކުރިމަތިކުރުމުން އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވެވި ޖަވާބަކީ ކޮބައިހެއްޔެވެ؟ ރަނގަޅަށް ވިސްނައިފިނަމަ ދެއްވެވި ޖަވާބަކީ "ޔާ ﷲ! މިދަތިޙާލުގައި ކެތްކުރަން ކަންބޮޑުކަމެއް ނެތެވެ. އިނބަ ﷲ ގެ ރުހިވޮޑިގަތުން އަޅަމެންނަށް އޮތް ނަމަ އަޅަމެންނަށް ފުދުނީއެވެ." ކަން އެނގިގެންދާނެއެވެ.

ކޮންމެއަކަސް އަހުރެން ބުނާނީ ދުނިޔެ ބަވަނަވެފައިވުން ބަހަނާއަކަށް ދައްކައިގެން އިސްލާމް ދީން ނިކަމެތިކޮށް ކާފިރުން ރުއްސަން އިސްލާމް ދީން ނިކަމެތިނުކުރާށެވެ! ކާފިރުންގެ ރުހުމާއި ތާއިދު ކިތަންމެ ބޮޑަށް ލިބުނަސް ކުރާނެ ޙަޤީޤީ އެއްވެސް މަންފާއެއް ނެތެވެ. ކިތަންމެ ކުޑަނަމަވެސް އަދި ކިތަްނމެ ބޮޑު ނަމަވެސް ޙަޤީޤީ މަންފާއެއް ކުރާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. އެކަން ޙާޞިލުކުރެވެން އޮތީ ކީރިތި ޤުރްއާނާއި ސުންނަތުގައި ހިފެހެއްޓި މިންވަރަކުންނެވެ. 

- މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން