އޭނާއަކީ ކްރިސްޓިއަނަކެވެ. އަޅައިލާނެ މީހަކު ނެތް އެކަނިވެރިއެކެވެ. އޭނާގެ އެކުވެރިންކަމުގައިވީ އޭނާއާއިއެކު ސްޕަމާކެޓްގައި މަސައްކަތްކުރާ މުސްލިމް މުވައްޒިފުންނެވެ.
އޭނާއަށް ކެންސަރުޖެހި މަރާ ހަނގުރާމަކުރަންޖެހުނީއެވެ. އޭނާ ބޭނުންވީ އޭނާ މަރުވުމުން ކުރިޓިއަން ފައްޅިއެއްގައި ވަޅުނުލައި މުސްލިމުންގެ ސަހަރާއެއްގައި ވަޅުލުމަށެވެ. އެކުވެރިން ބާރު އެޅުމުން އޭނާ ޝަހާދަތް ކިޔައި އިސްލާމްވީއެވެ. އިސްލާމްވިތާ 24 ގަޑިއިރުގެ ތެރޭގައި ދުނިޔެ ދޫކުރީއެވެ.
ޓުވީޓުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! މެޝިންތަކުގެ އެހީގައިވެސް ނޭވާލެވެމުން ނުލެވެމުން އޭނާ ޝަހާދަތްކިޔާ އަޑު އައްސަވައިލައްވާށެވެ!
މިވާހަކަކޮޅު ކިޔުންތެރިންނަށް ޙިއްޞާ މިކުރަނީ ވަރަށް މުހިންމު މަޤްޞަދެއްގައެވެ.
(1) އެކުވެރިން ކަމުގައި ހެޔޮލަފާ މުސްލިމުން ތިބެ ހެޔޮ ނަޞޭޙަތްދޭނަމަ އެކަމުގެ ފައިދާ ކުރާނެއެވެ. އިން ޝާ ﷲ .
(2) އޭނާ ކްރިސްޓިއަނުންގެ ޗާޗެއްގައި ނުވަތަ ކްރިސްޓިއަނުން ވަޅުލާ ޤަބުރުސްތާނެއްގައި ވަޅުލެވެން ބޭނުން ނުވީ ކީއްވެގެން ހެއްޔެވެ؟ އެއީ އޭނާގެ އެކުވެރި މުސްލިމުންގެ ކިބައިން އޭނާއަށް އެނގިފައިވާ ކަންތައްތަކެއްގެ ސަބަބުން ނޫންހެއްޔެވެ؟
(3) އެކުގައި ކާފިރުން އުޅޭނަމަ އެމީހުންގެ ގޮތަށް އަހުރެމެން ދީލައިލަންވީއެއް ނޫނެވެ. އަހުރެމެންގެ މަގަށް އެމީހުން ގެނެވޭތޯ ގަދައަޅައި މަސައްކަތްކުރަންވީއެވެ.
(4) ﷲ ރުހިވޮޑިގެންފި އަޅަކަށް ތެދުމަގުދައްކަވާނެތެވެ. ﷲ ގެ ރުހިވޮޑިގަތުން ލިބުންވަނީ އެމީހެއްގެ ހިތުން އެކަމަށް އެދުމުންނެވެ. މީސްތަކުންގެ ހިތްތައް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
He died 24 hours after embracing Islam. pic.twitter.com/iwpf6mauxI
— ilmfeed (@IlmFeed) July 30, 2023