ކޮންމެ ދެމަފިރިއަކު ދަސްކުރަންޖެހޭ ފިލާވަޅެއް! އަނބިމީހާ ބިރުގަންނަވަން ހަރުކަށިމީހަކަށްވެގެން އުޅެން އުޅުނު ފިރިމީހާގެ ވާހަކަ-! މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކޮންމެ ދެމަފިރިއަކު ދަސްކުރަންޖެހޭ ފިލާވަޅެއް! އަނބިމީހާ ބިރުގަންނަވަން ހަރުކަށިމީހަކަށްވެގެން އުޅެން އުޅުނު ފިރިމީހާގެ ވާހަކަ-!  މުފްތީ މެންކް

ބައެއް ފަހަރު ބައެއް މީހުންގެ ބޭރުފުށުން ފެންނަ ސިފައަކީ އެމީހުންގެ ޙަޤީޤީ ސިފަކަމަށްނުވެދާނެއެވެ. ބޭރުފުށުން ހަރުކަށި ގޮތް ފެނުނު ނަމަވެސް އެއީ އޭނާގެ އަޞްލު ސިފަކަމަށްނުވެދާނެއެވެ. އަޞްލު ސިފަ އެނގިގެންދާނީ ކުރެވޭ މުޢާމަލާތުތަކުންނެވެ. 

މިޘާލެއްގެ ގޮތުން ވަރަށް ކުރުކުރު ވާހަކައެއް ކިޔައިދޭނަމެވެ. 

ވަރަށް މަޑުމަތިރި މިޒާޖުގެ ފިރިހެނަކު ކައިވެނިކުރަން އުޅުމުން އެކުވެރިން ބުންޏެވެ. "ތިއަމިޒާޖުގައި ހުންނަނަމަ ވެރިއަކަށްވާނީ އަނބިމީހާއެވެ. އަނބިމީހާ ކުރިމަތީގައި ހަރުކަށި މީހަކަސްވާންޖެހޭނެއެވެ." 

އެކަން ޙައްލުކުރަން ކުރާނެ ކަމަކަށް ވިސްނަމުން ގޮސް ގޮތެއް ނިންމިއެވެ. އަދި ކައިވެނީގެ ފުރަތަމަ ރޭ ދެމަފިރިން ނިދަން ކޮޓަރިއަށް ވަންތަނުން އެކުވެރިން ބުޅަލެއް ގެންގޮސް ކޮޓަރިއަށް ދޫކޮށްލިއެވެ. ފިރިމީހާ ވަގުތުން ރުޅިގަދަވެ ފުންމައިގެން ތެދުވެ ކުނިކަހާ ފިހީގެ ދަނޑި އުފުރާލައި އެއިން ތަޅައި އެބުޅާ މަރާލައި ކުޑަދޮރުން ބޭރަށް އެއްލައިލިއެވެ. 

އަނބިމީހާ ހިތަށް އެރިއެވެ. "މިލިބުނީ ކިހައި ބޮޑު ދެރައެއް ހެއްޔެވެ؟ ފިރިމީހާގެ ޙަޤީޤީ ސިފަ މިފެނުނީއެވެ. މިއީ ކުރިން ހީކުރެވުނު ގޮތެއް ނޫނެވެ. މީނާމިވީ ވަރަށް ހަރުކަށި އެއްވެސް ރަޙުމެއް ނެތް މީހަކަށެވެ." 

ކޮންމެއަކަސް ފިރިމީހާ އަނބިމީހާގާތުން ކޮންމެ ކަމަކަށް އެދެންވެސް ކުރަނީ އަމުރެވެ. އަދި ޖުމުލަ ނިންމާލަނީ ބިރުގަންނަވާލައިފައެވެ. "މިވެނި ކަމެއް މިވެނި ވަޤުތަކަށް ކުރަންޖެހޭނެ! ނޫނީ—" އަނބިމީހާ ގަންނަނީ އަމަށްކުބިރެއް ނޫނެވެ. އަނބިމީހާއަށް ވިސްނިފައި އޮންނަނީ "ނޫނީ" ގެ މާނައަކީ ބުޅަލަށް ހެދިގޮތް ހަދައިލާނެކަން ކަމަށެވެ. 

އެއްދުވަހެއްގެ ހަވީރު ސައިހަދަން ބުނެފައި—ނޫނީ—ބުނުމުން އަނބިމީހާ ސުވާލުކުރިއެވެ. –"ނުހަދައިފިއްޔާ ކުރާނީ ކޮންކަމެއް ހެއްޔެވެ؟" ޖަވާބުގައި ބުންޏެވެ. "ނުހަދައިފިނަމަ އަމިއްލައަށް ސައިހަދައިލާނީއެވެ!" 

މިވާހަކައިން ޙާޞިލްކުރަންޖެހޭނެ ޢިބްރަތަކީ އެކަކުވެސް ކަންކަން ހިތުގައި އަޅައިގެން ނުތިބުމެވެ. ދެމަފރިންގެ މެދުގައި ވާހަކަދައްކަން ޖެހޭނެ ކަމެވެ. ކަންބޮޑުވާންޖެހޭ ކަމެއް ނަމަ ސުވާލުކޮށް އޮޅުންފިލުވަން ޖެހޭނެކަމެވެ. ކޮންމެ ކަމެއްގައިވެސް މަޝްވަރާކުރަން ޖެހޭނެ ކަމެވެ. ކުރެވޭ ނުބައި ޝައްކުތަކުގެ ހަޤީޤަތް އޮޅުންފިލުވޭނީ ވާހަކަދައްކައިގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން