އުފާވެރިކަން ބޭނުންވާނަމަ ތުންފަތާ ދުލާ އަތުގެ ބޭނުން މިމަގުން ހިފާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އުފާވެރިކަން ބޭނުންވާނަމަ ތުންފަތާ ދުލާ އަތުގެ ބޭނުން މިމަގުން ހިފާށެވެ!

އުފާވެރިކަން އެމީހަކު ބޭނުންގޮތަކަށް މާނަކުރެވިދާނެއެވެ. މިހެން މިބުނަނީ އެކި މީހުންނަށް ހިތްހަމަޖެހުން ލިބެނީ އެކި ކަންކަމުން އެކި ގޮތުން ކަމުގައިވާތީއެވެ. ކުޑަކުޑަ ވަރަށް އާދައިގެ މިޘާލެއް ބުނެލާނަމެވެ. 

ޒަވާޖީ ހަޔާތުގައި ބައެއް ދެމަފިރިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެނީ ބައިވެރިޔާއަށް ހެޔޮކޮށް ހިތައި ޚިދުމްތަކުރެވުނު ވަރަކުންނެވެ. މީގެ ދިމާ އިދކޮޅު ބައަކުވެސް އެބައުޅެއެވެ. އެމީހުންނަށް އުފަލާއި ހިތްހަމަޖެހުން ލިބެނީ މުޅިން ތަފާތު ކަންކަމުންނެވެ. 

މިޘާލަކަށް، ޒުވާބުކުރުން، ނުބައިބަސްބުނުން، އަނިޔާވެރިވުން، މަކަރުހެދުން ފަދަ ކަންކަން ކުރެވުމުންނެވެ. ބަނޑުހައިވެގެން އޮވެ ނުނިދޭ ފަދައިން އެމީހުންނަށް ނިދޭނީ މިބުނި ޒާތުގެ ކޮންމެވެސް ކަމެއް ކޮށްލެވުމުންނެވެ. 

ހަމަޤައިމުވެސް އެމީހުންނަށް އެލިބެނީ ޙަޤީޤީ އުފާވެރިކަން ކަމަކަށް އަހުރެން ނުބުނާނަމެވެ. އެހެންވެ އަހުރެން ބުނާނީ ޙަޤީޤީ އުފާވެރިކަން ބޭނުންނަމަ ތުންފަތާ ދުލާ އަތުގެ ބޭނުން ހެޔޮ ގޮތުގަ ހިފާށެވެ! 

ތުންފަތުން ކުރަންވީ ކަމަކީ ހިނިތުންވުން ގިނަކުރުމެވެ. ދުލުން ކުރަންވީ ކަމަކީ ރުޅިވެރި، ނުބައި ބަސްތައް ނުބުނެ ލޯބިން ބަސްބުނަންވީއެވެ. އަތުންކުރަންވީ ކަމަކީ އަނިޔާވެރިނުވެ އެހީތެރިވެދޭންވީއެވެ. މި 3 ކަންތައް ކުރުމުގައި ދެމިހުރެއްޖެ މީހަކު އަބަދުވެސް ހުންނާނީ އުފަލުންނެވެ. އިން ޝާ ﷲ 

- އަލަފް

މިއަދު އޮންލައިން