ކުރިއަރައި ތަހްޒީބްވެފައިވާ ކަމަށް ދަޢުވާކުރާ މުޖުތަމަޢުތަކަށް ބަލާށެވެ! ދީލަތިވެ ފައިސާ ބަހާނަމަ މަޝްހޫރުވެދާނެއެވެ. ރިވެތި އަޚްލާޤުން މަޝްހޫރުވާނީ މަދުމީހެކެވެ. އެންމެ އަވަހަށް މަޝްހޫރުވެގެންދާނީ އެމީހާގެ ހަށިގަނޑު ދައްކަން ކެރުނުވަރަކުންނެވެ. ބޮޑަށް ދައްކަން ކެރުނު ވަރަކަށް އަވަހަށް މަޝްހޫރުވެގެންދާނެއެވެ.
އަހަރެންނަކީ މުސްލިމެއް ނޫނެވެ. ނަމަވެސް އަހަރެން ބުނާނީ މުސްލިމުން އެއުޅެނީ އުޅެންވީ ގޮތަށެވެ. އަހަރެމެން އަންހެނުންގެ ހަށިގަނޑު ނިވާނުކުރާނަމަ، އަހަރެމެންނަށް އަމިއްލައަށް އެ އެއްބަސްވެވެނީ އަހަރެމެންގެ ހަށިގަނޑުގައި އެއްވެސް އަގެއް ނެތް ކަމަށެވެ.
އަގުހުންނަ އެއްޗެތި ކޮންމެ މީހަކުވެސް ގެންގުޅޭނީ ފޮރުވައިގެންނެވެ. އެންމެންނަކަށް ނުދައްކާނެއެވެ. އަދި އެންމެން އަތްލިޔަކަވެސް ނުދޭނެއެވެ. މިޔުޒިމްތަކުގައިވެސް އަގުބޮޑު އެއްޗެތި ބަހައްޓާފައި ހުންނަނީ އޭގައި އަތްލެވޭ ގޮތަކަށް ނޫނެވެ. ބިއްލޫރި ދޮރެއް އިންނަނަމަވެސް އެދޮރު އިންނާނީ ތަޅުލައިފައެވެ.
އަދި ކީއްހެއްޔެވެ؟ އެންމެ އަގުބޮޑު އެއްޗެތި ބަހައްޓާފައި ހުންނަ ތަންތަނުގައި ޚާއްޞަ ފާރަވެރިންވެސް ތިބޭނެއެވެ. މުސްލިމް އަންހެނުން ބޭރުގައި އެކަނި ނުއުޅޭ ސަބަބަށް އަހުރެން ތާއީދުކުރަނީ އެހެންވެގެންނެވެ.
ތަކުރާރުކޮށް ބުނަމެވެ. ނިވާކަން ކުޑަ ފޭރާން ލައިގެން ބޭރުގައި އުޅޭނަމަ އެބުނަނީ އަހުރެންގެ ހަށިގަނޑުގައި އެއްވެސް އަގެއް ނެތެވެ. ބޭނުންވަރަކަށް ބަލާށެވެ! ބޭނުން މީހަކު އަތްވެސް ލާށެވެ! ވީމާ ނުސީދާކޮށް އެބުނަނީ އަހަރެންނަކީ ހަށިވިއްކާ އަންހެނަކީމެވެ.
މިވާހަކަ މިގޮތަށް ބުނެފައިވަނީ އެމެރިކާ އަންހެނެކެވެ. އޭނާއަކީ ތަނަވަސް ވިޔަފާރިވެރިއެއްވެސްމެއެވެ. ވީމާ އެވާހަކަތައް ބުނެފައި އެވަނީ އޭނާގެ ހިތުން އެކަންކަން އެގޮތަށް ޤަބޫލުކުރެވޭތީއެވެ.
އޭނާ ލައި އުޅެނީ ވަރަށް ނިވާކަން ބޮޑު ހެދުމެވެ. މުސްލިމް އަންހެނުން ނިވާވެގެންތިބޭތީ ރުޅިއަންނަ ބައަކު އުޅުކަމުގައިވީނަމަވެސް އެނގިގެން މިދަނީ އިސްލާމް ދީނުގައި ހުރި މިފަދަ ކަންކަން ހެޔޮ ވިސްނޭ މީހުން އެކަންކަން ޤޤަބޫލުކުރާކަމެވެ.
އަހުރެން މިވާހަކަތައް ހާމަކުރަން ބޭނުންވީ ނިވާކަން ކުޑަކޮށް ފޭރާންލައި އުޅޭ މުސްލިމް އަންހެނުންނަށް މިވާހަކަތަކުން ފިލާވަޅެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.
- އަލަފް